ހުވަދު އަތޮޅުގައި ދަތުރު ކުރާ އާރުޓީއެލްގެ ފެރީއެއް

އާރުޓީއެލް ފެރީ

އާރުޓީއެލް ފެރީއެއްގެ ތެރޭގައި މީހަކު ވިހައިފި، އެކަމަކު ކުއްޖާ އޮތީ މަރުވެފައި

އެނގިފައިވާ ގޮތުގައި އިންޑިއާގެ އަންހެން ޓީޗަރު ދަތުރުކުރީ ތިނަދޫ ހޮސްޕިޓަލުން ފަރުވާ ހޯދަން ޑޮކްޓަރަކާއި ނަރުހަކާ އެކު
18 ނޮވެމްބަރު 2024

ގދ. ވާދޫން އެ އަތޮޅު ތިނަދުއަށް ދަތުރުކުރި އާރުޓީއެލް ފެރީއެއްގެ ތެރޭގައި މިއަދު ބިދޭސީ އަންހެނަކު ވިހައިފި އެވެ.

ވީ ކިހިނެއް؟- 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ވާދޫ ސްކޫލުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ އިންޑިއާ އަންހެން މީހާ ވިހާފައިވަނީ ދުވަސް ނުފުރަ އެވެ. ގާތްގަނޑަކަށް ބަނޑަށް ހަތަރު މަހުގައި ވިހޭ ކުއްޖާ ވަނީ މަރުވެފަ އެވެ.

'ދައުރު'އާ ވާހަކަ ދެއްކި މީހަކު ބުނީ އަންހެން މީހާ ދަތުރުކުރީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ކަމަށެވެ. ކަނޑު ގަދަވުމުގެ ސަބަބުން، ދަތުކުރުން ރައްކާތެރި ނޫން ކަމަށް ފަޅުވެރިން ނަސޭހަތްތެރިވި ނަމަވެސް، އޭނާގެ ހާލު ހުރި ގޮތުން، ޑޮކްޓަރަކާއި ނަރުހަކާ އެކު ދަތުރަށް ފުރީ ކަމަށް އޭނާ ބުންޏެވެ.

"ބައިގަޑިއިރު ވެސް ނުވާނެ އަންހެން މީހާ ބަނޑުގައި ރިއްސަން ފަށައިފި. އަދި މާ ގިނައިރެއް ނުވެ ވިހައިފި. އެކަމަކު ވިހޭއިރު ވެސް ކުއްޖާ އޮތީ މަރުވެފައި،" އޭނާ ބުންޏެވެ.

މިހާރު އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ރަނގަޅުކަމަށް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް