އާސަންދަ ހިދުމަތްދޭ މަރުކަޒެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާސަންދައަށް ގެންނަ ބަދަލާ އެކު 500 މިލިއަން ސަލާމަތް ކުރެވޭނެ: ޒަމީރު
އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ދިނުމުގައި ގެނައި ބަދަލާއި ގުޅިގެން 500 މިލިއަން ސަލާމަތްކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މަހު 1 އިން ފެށިގެން ސިއްހީ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށް އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސް އޮންނަ ނަމަ އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ބައްލަވާލައްވަން މިނިސްޓަރު މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފަ އެވެ.
ބުނީ ކީކޭ؟ - މެންބަރުންގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު އެ ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ އާސަންދަ ހިދުމަތަށް ބަދަލު ގެނައީ އެ ހިދުމަތުން އިސްރާފުވާ ފައިސާ މަދުކުރަން ކަމަށެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަދަލު ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގަ [އާސަންދަ ހިދުމަތުގައި] އޮޅިވަޑައިގަންނަވާ ބައެއް ޕޮއިންޓް އެބަހުރި ކަން ނޭނގެ. މިހާރު ބަލްކް ޕްރޮކިއުމަންޓާ އަދި އޭގެ އިތުރުން މޮނިޓަރިންނާ އެއްކޮށް އަދި މިހާރު އަޅުގަނޑުމެން ރާވާފައި ހުރި ބައެއް ކަހަލަ ރިފޯމްއާ އެއްކޮށް ހަގީގަތުގައި އާންމު ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަދަލު ނައިސް، ނޫނިއްޔާ އެއްޗެއް ދައްކަން ނުޖެހި، އެކަމަކު އަޅުގަނޑުމެން ކުރިން މި ދެންނެވިހެން ލީކޭޖް ރަނގަޅުކޮށްގެން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 500 މިލިއަނާ ގާތަށް ސޭވް ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް މިހާރު ވެސް އެބަ ތަފާސްހިސާބުތަކުން ދައްކާ،" ޒަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން، ޒަމީރު ވަނީ ޕެންޝަން ސްކީމާ ގުޅޭ ގޮތުން ވެސް މެންބަރުންނަށް އޮޅުން އަރާފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެ އެކަން ވެސް އޮޅުންފިލުވައިދެއްވާފަ އެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ:
-
ޕެންޝަން ސްކީމަށް އެއްވެސް ބަދަލެއް އަދި ނުގެނޭ
-
މިހާރު ލިބޭ ގޮތަށް އެ ހިދުމަތް ލިބޭނެ
-
ބަޖެޓުގައި ހިމަނާފައިވަނީ މުސްތަގްބަލުގައި ޑަބަލް ޕެންޝަން ލިބޭ ގޮތަށް އޮތް ސްކީމްތައް ބަދަލުކުރާ ވާހަކަ
އެނގުން މުހިންމު - އާސަންދައަށް ގެނެސްފައިވާ ބަދަލުގައި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަ އުސޫލަކުން އެ ހިދުމަތް ދެވޭކަން ކަށަވަރު ކުރުމަށް އެ ފިޔަަވަޅުތައް އަޅަން ނިންމާފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން އިންޕޭޝެންޓު އަދި އައުޓް ޕޭޝެންޓު ހިދުމަތްތައް ވަކިވަކިން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެގޮތުން:
-
މިހާރު ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ އަމިއްލަ އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލު ކުރާނީ އަމިއްލަ އިންޝުއަރެންސްއަށް
-
އަމިއްލަ އިންޝުއަރެންސް ނެތް ނަމަ ނުވަތަ ޕެކޭޖުތަކުގެ ލިމިޓު ހަމަވެފައިވާ ނަމަ މިހާރެކޭ އެއްގޮތަށް އާސަންދައިން ހިދުމަތް ލިބޭނެ
-
އިންޕޭޝަންޓު ހިދުމަތް ހޯދާ ބަލިމީހުންނަށް ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ
-
ފުލުހުންނާއި ސިފައިން ވެސް އަމިއްލަ އިންޝުއަރެންސް ސްކީމަށް ބަދަލުކުރަން ވަނީ ނިންމާފައި
އެނގުން މުހިންމު - އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މަތީ އާމްދަނީ ލިބޭ މީހުން ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަތުން އާސަންދައަށް 'ހެލްތު ކޮންޓްރިބިއުޝަން'ގެ ގޮތުގައި ވަކި އަދަދަކަށް ފައިސާ ނަގަން ޖެހޭ ގޮތަށް ވަނީ ހިމަނާފަ އެވެ.
ކޮމެންޓް (3)
ސިކުނޑި
ޒަަމީރު
ޙަސަން