ކާރެއްތެރޭ މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި އިތުރު ހަތަރު މީހުން: މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވޭ (ފޮޓޯ/ފުލުހުން)

ފުލުހުން

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވޭ؛ މި އެންމެންގެ ބަންދަށް ވެސް ހަތް ދުވަސް ވަނީ ޖަހާފައި

ކާރެއް ތެރޭ މީހަކު ރަހީނުކޮށް އާއިލާއަށް ބިރުދައްކައިގެން ފައިސާއަށް ޑިމާންޑުކުރި މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގަ އެވެ.

ފުލުހުން ބުނި ގޮތުގައި:

  • އޭނާ ކާރު ތެރޭ ރަހީނުކުރުމަށް ފަހު، އަނިޔާކޮށް ބިރުދައްކާފައިވޭ

  • އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައިގެން ފައިސާއަށް ޑިމާންޑުކޮށްފައިވޭ

ތަފްސީލް - ފުލުހުން މީގެ ކުރިން ބުނިގޮތުގައި މި މައްސަލާގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މިރޭ މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ވާގޮތުން އެ ކުށް ކުރި ތަނުން އިތުރު ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • 1-

    ތޮލާލު މޫސާ، 37، މާލެ 

  • 2-

    ހުސާމް އިބްރާހިމް، 34، ރަތްބަގީޗާގެ/ހދ.ކުމުންދޫ 

  • 3-

    އާދަމް ޝަރީފް، 36، ރަތްބަގީޗާގެ/ހދ.ކުމުންދޫ 

  • 4-

    ހުސެއިން ހައިކަލް ނިޔާޒް، 23، ގ. ކަޅަގާރިމާގެ 

  • 5-

    އަހުމަދު ރިޝްފާން، 26، ހުޅުމާލެ

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ އެންމެން ވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް