މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި ތޮލާލު މޫސާ، 37(ފޮޓޯ/ފުލުހުން)

ފުލުހުން

ކާރެއް ތެރޭ މީހަކު ރަހީނުކުރި މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށް، އާއިލާއަށް ގުޅައިގެން ފައިސާއަށް ޑިމާންޑުކޮށްފައިވާ ކަމަށް

ކާރެއް ތެރޭ މީހަކު ރަހީނުކޮށް. އާއިލާއަށް ބިރުދައްކައިގެން ފައިސާއަށް ޑިމާންޑުކުރި މައްސަލާގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • މާލެއަށް ނިސްބަތްވާ ތޮލާލު މޫސާ، 37

ތަފްސީލް - މިކަމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނި ގޮތުގައި، ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގަ އެވެ.

ފުލުހުން ބުނި ގޮތުގައި:

  • އޭނާ ކާރު ތެރޭ ރަހީނުކުރުމަށް ފަހު، އަނިޔާކޮށް ބިރުދައްކާފައިވޭ

  • އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައިގެން ފައިސާއަށް ވެސް ޑިމާންޑުކޮށްފައިވޭ

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (1)

profile-image-placeholder

ސަމީރު

12 ނޮވެމްބަރު 2024
މި ދެން މިހާރު ހާދަ ޓްރެންޑް ވާ ކަމެކޭ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް