ޑރ. މުހައްމަދު ޒާހިރު ހުސައިން: އޭނާއަށް މި ފަހަރު ދައުލަތުން ދޭ އެންމެ މަތީ ޝަރަފް ލިބިވަޑައިގަންނަވާނެ
ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރެއްވުމުގެ އެންމެ މަތީ ޝަރަފު ޑރ. ޒާހިރު ހުސައިނަށް ދެއްވަން ނިންމަވައިފި
ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އެރުވުމަށް ރައީސް އޮފީހުން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާ ބޭޭފުޅުންނަށް ދައުލަތުން ދެއްވާ އެންމެ މަތީ ޝަރަފެވެ.
އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ޒާހިރު ހުސައިނަށް މި ލަގަބް އަރުވަނީ، ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖޭގެ ތައުލީމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އެގޮތުން:
-
ރާއްޖޭގެ ތައުލީމީ ތަރައްގީ އަށާއި ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް. އަދި
-
ތައުލީމީ ރޮނގުން ދިވެހި ރައްޔިތުން ހޭލުންތެރިކުރުމަށާއި އެ ރޮނގުން، އިހުލާސްތެރިކަމާ އެކު ކޮށްދެއްވި ހިދުމަތްތަކަށް
ޒާހިރަށް މި ޝަރަފް އެރުވުމަށް ހަމަޖެހިފައިވަނީ، ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މާދަމާ ރޭ ބާއްވާ ރަސްމީ ޖަލްސާގަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ވެސް މި ޖަލްސާގައި ދެއްވާނެ އެވެ. އެ އޮފީހުން ބުނީ:
-
މި އަހަރު އެ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކަމަށް
-
އިނާމު ދޭ ބޭފުޅުން ކަނޑައެޅީ، އިނާމާ ބެހޭ ހާއްސަ ކޮމިޓީއަކުން ކަމަށް
-
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ވެސް، 53 ބޭފުޅަކަށް އެ ޖަލްސާގައި ދެއްވާނެ ކަމަށް
ފަސްމަންޒަރު- ޑރ. ޒާހިރު ހުސައިނަށް ވަނީ ރައީސް މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމުމުގެ ކުރިން އެ އަހަރ ުނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވައިފަ އެވެ.