އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު.
ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް މަމްދޫހުގެ ވަކީލަކަށް ރާގިބަށް ފުރުސަތު ދީފި
ރައީސް އައްޔަންކުރާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ހުކުމްކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި އޭނާއަށް ފުރުސަތު ދީފި އެވެ.
ވީ ކިހިނެއް؟ - ރާގިބު މިއަދު ކްރިމިނަލް ކޯޓުގެ އަޑުއެހުމެއްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަތީ ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްފައިވާ ހަސަން މަމްދޫހުގެ ވަކީލެއްގެ ގޮތުގަ އެވެ.
ތަފްސީލް - އަޑުއެހުން ފެށުމުގެ ކުރިން ދައުލަތުން މިއަދު ވެސް ހައި ކޯޓުގައި އިއުތިރާޒުކުރި ކަންކަން ފާހަގަ ކުރި އެވެ. ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު ހައްވާ ނާހީ ފާހަގަ ކުރެއްވީ:
-
ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ 51 ވަނަ މާއްދާއިން ވެސް މަނާކޮށްފައިވާ ކަމެއް
-
ޖިނާއީ މައްސަލައެއްގައި ރާގިބަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކޮށްފައިވާ ހުކުމެއް އޮތުމުން އޭނާއަށް ފުރުސަތު ދެވިގެން ނުވާނެ
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ވަކީލު ރާގިބަށް ފުރުސަތު ދެއްވުމަށެވެ. އެ ގޮތަށް ގާޒީ ނިންމެވި ސަބަބުތަކުގެ ގޮތުގައި ވިދާޅުވީ:
-
ހައި ކޯޓުގައި އޮތް މައްސަލައާއި ކްރިމިނަލް ކޯޓުގައި ހިނގަނީ ދެ މައްސަލައަކަށް ވާތީ ހައި ކޯޓުގެ ހުކުމަށް ތަބާވުން ލާޒިމެެއް ނޫން
-
ދައުލަތުން ފާހަގަ ކުރީ ސުލޫކީ މައްސަލައެއް ކަމަށް ފެންނާތީ އެ ކަމުގައި ފިޔަވަޅު އެޅުމުގެ ބާރު އޮންނާނީ ބާ ކައުންސިލަށް އަދި ކޯޓަށް ފިޔަވަޅެއް ނޭޅޭނެ
ފަސްމަންޒަރު - ހައި ކޯޓުން ރާގިބަށް ފުރުސަތު ނުދޭން ނިންމީ، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ރައްދުވާ މީހެއްގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ކޯޓުގައި ތަމްސީލުކުރައްވަން ވަޑައިގަތުމުންނެވެ.
ކިޔާލަން
ސިޔާސީ މުވައްޒަފުން ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ބުނެދިނުމަށް ހައި ކޯޓުން އެންގުމުން ބަންޑާރަނައިބުގެ އޮފީހުން އެ ކޯޓަށް ސިޓީއެއް ވެސް ފޮނުވި އެވެ. އޭގައި ބުނެފައިވަނީ:
-
ރައީސް އެމަނިކުފާނުގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކާއި ދައުލަތުން މުސާރަ ދޭ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް އެ ފަރާތެއްގެ މުވައްކިލު ތަމްސީލު ކުރުމަކީ އެ މަގާމަށް އައްޔަންކުރި ފަރާތް ނުވަތަ މުސާރަ ދޭ ފަރާތުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރެވޭ ހާލަތެއް
-
އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާން ވާނީ ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނެގެހެއްޓުމަށް މަސައްކަތްކުރުން
-
ސިޔާސީ މަގާމުތަކަށް އައްޔަންކޮށް އެ މަގާމުގައި ނުވަތަ ދައުލަތުން މުސާރަ ދޭ އެ ނޫން ވެސް އެފަދަ މަގާމުތަކުގައި ތިބޭހާ ހިނދަކު ދައުލަތާ ގުޅުން ހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމަކީ އޭނާގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށޫއަރާ ހާލަތެއްކަން
-
ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ އެފަދައިން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވިދާނެކަމަށް ނުފެންނަ
ކޮމެންޓް (1)
ގާޟީބެ