މީރާއާ ދެކޮޅަށް ހައި ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމުގައި، ޓާމަކްސް ކޮންސްޓްރަކްޝަން ކުންފުނި ތަމްސީލުކުރައްވާ ވަކީލެއްގެ ހައިސިއްޔަތުން އިބްރާހިމް މުނައްވަރު ބައިވެރިވެވަަޑައިގަންނަވަނީ.

ރައީސް އޮފީސް

ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލަ ބަލަނީ

ރައީސް އޮފީހުން ބުނީ، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރެއްވުމަކީ މަނާ ކަމެއް ކަމަށް

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލަ ފެންމަތިވީ، ޓާމަކްސް ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރަޓީ (މީރާ)އާ ދެކޮޅަށް، ހައި ކޯޓަށް ހުށަހަޅާފައިވާ ޓެކްސްއާ ބެހޭ މައްސަލައެއްގެ ތެރެއިންނެވެ. އެ މައްސަލާގައި ޓާމަކްސް ކޮންސްޓްރަކްޝަން ތަމްސީލުކުރައްވަނީ މުނައްވަރެވެ.

އެ މައްސަލާގައި މުނައްވަރަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެއްވޭނެ ކަމުގެ އިއުތިރާޒު ހުށަހެޅުއްވީ މީރާއިންނެވެ. 

މީރާގެ އިއުތިރާޒަކީ މީރާ އަކީ ދައުލަތް ތަމްސީލުކުރާ ތަނަކަށް ވާއިރު، ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެއްގައި، ސަރުކާރުގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅަކު ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ މަސްލަހަތު ފުށުއާރާ ކަމަކަށް ވެދާނެ ކަމަށެވެ.

ތަފްސީލް - ދައުލަތާ ދެކޮޅަށް މުނައްވަރު ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ.

ހީނާ ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ހިމެނޭ ގޮތުން، ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު، ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެނގުން މުހިންމު - މީރާއާ ދެކޮޅަށް ހައި ކޯޓުގައި ކުރިއަށްދާ މައްސަލާގައި، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި މީރާއިން ހުށަހެޅި އެ އިއުތިރާޒާ ގުޅިގެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އެ ދުވަހަށް އަޑުއެހުން ނިންމާލި އެވެ.

އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުން އެ ދުވަހު އިއުލާންކުރި ގޮތުގައި، އެ މައްސަލަ ދެން ކުރިއަށްގެންދާނީ ފަނޑިޔާރުންގެ މަޝްވަރާއަށް ފަހު އެ އިއުތިރާޒާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި މުނައްވަރު ވިދާޅުވީ، އޭނާ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވުމަކީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެއްވޭނެ ސަަަބަބެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ސަބަބަކީ އޭނާ ވަކާލާތު ކުރައްވަނީ އިކޮނޮމިކް މިނިސްޓްރީއާ ދެކޮޅަށް ހުށަޅާފައިވާ މައްސަލައެއްގައި ކަމަށް ނުވުމާއި އޭނާ މީރާގައި މަގާމެއް އަދާކުރައްވާ މީހަކަށް ވެސް ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާއަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެއްވޭނެ ގާނޫނީ ސަބަބެއް އޮތް ކަމަކަށް މީރާއަށް ވެސް ބުނެނުދެވޭ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

ޱރ އަށް

21 ޖުލައި 2024
މިކަމުން އެންގެނީ އެންމެކަމެއް ޘައުލަތުގެ ވުޒާރާތަކުގަ ކުރާނެ މަސަތްކަތެއްނެތިގެން މާޔޫސްވެގެން ނިކުމެ އަމިއްލަ މަސަތްކަތާއިގެން ކުރިއަށްދާތަން މިފެންނަނީ. ޙަރަދުކުޱަކުރަން ނާޒިމް އެކަނޱާލީ ޗައިނާއަށް ކުދި ްކޮޅެއްގޮވައިން. އިމްކަމް ޓެކުސް ދައްކާމީހެއްގެ ހައިސިއްޔަތުން އެންގެންބޭނުން ދަތުރުގެ ޙަރަދު ކުރަނީކޮންފަރާތަކުންތޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް