ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި ގާއިމު ކުރިތާ 45 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް މުހައްމަދު މުއިއްޒާއި ބައެއް އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖޭގެ ތަރައްގީގައި ޔޫއެންޑީޕީގެ ދައުރު ބޮޑު: ރައީސް

އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމަކުން، ތަރައްގީ ވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި ޔޫއެންޑީޕީގެ އެހީތެރިކަން ލިބުނު ކަމަށް ވިދާޅުވި
11 އޮކްޓޯބަރު 2024

ރާއްޖެއިން ހޯދަމުން އަންނަ ތަރައްގީގައި، ޔޫއެންޑީޕީން އަދާކުރާ ދައުރު ބޮޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ރާއްޖޭގައި ޔޫއެންޑީޕީގެ އޮފީހެއް ގާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގައި ރައީސް މުއިއްޒު ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި އެ ޖަމިއްޔާގެ އެހީތެރިކަން ރާއްޖެއަށް ލިބުނު ގޮތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި:

  • އދ.އާ އެކު މަސައްކަތްކޮށް، ވޭތުވެ ދިޔަ 45 އަހަރު ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި

  • ގުޅިގެން މިހާތަނަށް މަސައްކަތްކުރީ، ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ހާސިލްކުރުމަށް

  • ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލުމުގައި ވެސް އެކުގައި މަސައްކަތް ކުރި

އިގްތިސޯދީ ގޮތުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އިރުން ފެށިގެން، ޒަމާނީ ބަދަލުތަކާއި ތަރައްގީއަށް ދަތުރުކުރާ ގައުމަކަށް ރާއްޖެ ބަދަލުވުމުގައި ޔޫއެންޑީޕީން އަދާކުރި ދައުރުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވި އެވެ.

ޔޫއެންޑީޕީގެ އޮފީހެއް ރާއްޖޭގައި ގާއިމު ކުރިތާ 45 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)
  • އެގޮތުން އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްގީވަމުން އަންނަ ގައުމަކަށް 2011ގައި ރާއްޖެ ބަދަލުވި މަރުހަލާގައި ޔޫއެންޑީޕީން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ވިދާޅުވި

  • އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔޫއެންޑީޕީން ހަމައެކަނި އިސްކަންދިނީ، ތަރައްގީގެ އަސާސީ ކަންކަމަކަށް ނޫން. އޭގެ ބަދަލުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވިލުންވެރިކަން އިތުރުކުރުމާއި އިގްތިސޯދު ސިންދަފާތު ކުރުމާއި އިޖްތިމާއީ ބައިވެރިކުރުވުމާއި އަންހެނުން ބާރުވެރިކުރުމުގައި ޔޫއެންޑީޕީން ޕްރޮގްރާމްތައް ހިންގި

ރޭ ބޭއްވި އެ ހަފުލާގައި ޔޫއެންޑީޕީގެ އިސް ބޭފުޅުންނާއި މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ވެެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް