އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 18 ޖުލައި 2023 ގައި ގަލޮޅު ދަނޑުގައި ނޫސްވެރިންނާ ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނޭން)

މާދަމާރޭ 12ގެ ކުރިން އެޕާޓްމެންޓްތައް ހަވާލުކުރަން ބައްސާމަށް އަންގައިފި

ބައްސާމުގެ އެދުމުގެ މަތިން އެ ދެ އެޕާޓްމެންޓް ހަވާލުކުރުން މި މަހުގެ 31އަށް ލަސްކޮށްދިނުމަށް ފަހު ފުލުހުން މިހާރު މުއްދަތު ދިނީ މާދަމާ ރެއާ ހަމައަށް

އެފްއޭއެމްގެ ހިޔާނާތުގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް މާދަމާ ރޭ 12ގެ ކުރިން ހަވާލު ކުރުމަށް ފުލުހުން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ކުރިން ބުނެފައި ވަނީ ބައްސާމުގެ އެދުމުގެ މަތިން އެ ދެ އެޕާޓްމެންޓް ހަވާލުކުރުން މި މަހުގެ 31 އަށް ލަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިރޭ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބަލަންޏޖެހޭ ކަންތައް ބެލުމަށް ފަހު ބައްސާމު އެދުނު ގޮތަށް އެޕާޓުމެންޓް ހަވާލުކުރުން ލަސްކޮށްދެވެން ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - ފުލުހުން މިރޭ ނެރުނު ބަޔާނުގައިި ބުނީ ދެ އެޕާޓްމެންޓް ހުސްކޮށް އެ ތަންތަނާ ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދި 2024 އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ 12އާ ހަމައަށް އެޕާޓްމެންޓް ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓް މި ހިދުމަތުގެ ބެލުމުގެ ދަށަށް ނެގުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ،" ފުލުހުން ބުންޏެވެ.

ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވީ މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިން ބައްސާމް ގަތް ކަމަށް ބުނާ އެ ދެ އެޕާޓްމަންޓްގެ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް މިދިޔަ މަހު އޮތީ ފޮނުވާފަ އެވެ.

އެއީ ހުޅުމާލޭ އަމީން އެވެނިއުގެ އޭ ބްލޮކުގެ ދެ އެޕާޓްމެންޓެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ މަހުގެ 18ގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ގޮތުގައި:

  • އަމީން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އެ ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން 1 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކާފައިވޭ

  • އެ ޑޮލަރަށް ވާ ދިވެހި ފައިސާ އަމީން އިން އެފްއޭއެމަށް ދައްކާފައެއް ނުވޭ؛ ނަމަވެސް ދެއްކި ކަމަށް ހަދަން ލިޔެކިޔުން ތައްޔާރުކޮށްފައިވޭ

  • އެ 1 މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށް ފުލުހުން ތުހުމަތުކުރޭ

ކޮމެންޓް (1)

މައުރާނީ

7 އޮކްޓޯބަރު 2024
މިހާރު އިންސާނިއްޔަތުގެ ބައި އަދާވެ ނިމުނީތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް