އަތުހަރު އަންހެންމީހާގެ ކަރުގައި ވަޅި ޖައްސަައިގެން ހުރެ އިންޒާރުދެނީ

ކްރިމިނަލް ކޯޓު

ޝަރީއަތް ނިމެންދެން އަތުހަރު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފި

ފުލުހުން ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ގައިރު ހާޒިރުގައި

އަންހެނަކަށް ވަޅިން ބިރު ދައްކައި، ރަހީނު ކުރި ހާދިސާގައި ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު އާދަމް އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟- މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ހިނގި މި ހާދިސާގައި އަންހެން މީހާ އަށާއި އޭނާ ރަހީނު ކުރި އަތުހަރަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދިނެވެ. އެގޮތުން:

  • އަތުހަރަށް އަނިޔާވެފައި ވަނީ، އަންހެން މީހާ ސަލާމަތް ކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުން އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުން

  •  އޭރު އޭނާ ދިޔައީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ، މަރާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދެމުން

  • ދެމީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، އިއްޔެ ދޫކޮށްލި އަދި އޭގެ ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި

ތަފްސީލު- ފުލުސް އޮފީހުން މިއަދު ބުނީ، އަތުހަރުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގައިރު ހާޒިރުގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ގާޒީ އަމުރުކުރައްވާފައިވާ ކަމަށެވެ.

އަތުހަރުގެ ބޮލުގައި ޖެހުމުން، ބޮޑެތި އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދިން ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނަސް، ފުލުހުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާއަށް ލިބުނު ގެއްލުން ބެލުމަށް ހެއްދި ސީޓީ ސްކޭންގައި ވެސް މައްސަލައެއް ނެތް ކަމަށާއި ބެލި އެހެން ޑޮކްޓަރުން ވެސް އެއްވެސް މައްސަލައެއް ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ކޮމެންޓް (2)

profile-image-placeholder

ހަސަން

1 ސެޕްޓެމްބަރު 2024
މީނާގެ ވަނަވަރު ހާމަކުރި ނަމަ ވަރަށް ރަގަޅު

ހަސަން

31 އޯގަސްޓު 2024
ބޭރު ގައުމެއްގައި ނަމަ ބަޑި ޖަހާނީވެސް

އިތުރު އާޓިކަލް

އިތުރު އާޓިކަލް