ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިން (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ބީއެމްއެލްގެ ނިންމުމާ އެކު ސަރުކާރު ބަދަލުކުރަން ރޭވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ
ބީއެމްއެލްއިން ރުފިޔާ ކާޑުން ޑޮލަރު ނުކެޑޭ ގޮތަށް އިއްޔެ ހެނދުނު ނިންމި ނިންމުމާ ދިމާކޮށް، މި ސަރުކާރު ބަދަލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވަކި ބައެއްގެ ނަން ނުގެނައި ނަމަވެސް ފުލުހުންގެ އެ ތަހުގީގު އަމާޒުކުރަނީ އިދިކޮޅު އެމްޑީޕީއަށް ކަމަށް ބެލެވެ އެވެ.
ބުނީ ކީކޭ؟ - ވަކި ބޭންކެއްގެ ނަމެއް ވެސް ފުލުހުންގެ ބަޔާނުގައި ނެތެވެ. އެކަމަކު ބީއެމްއެލްގެ ނިންމުން ސިފަކޮށްފައި ވަނީ "ސަރުކާރުގެ މަޝްވަރާއާ ހިލާފަށް، ގިނަ ރައްޔިތުންނަށް ސިހުން ލެބޭ ފަދަ ނިންމުމެއް"ގެ ގޮތުގަ އެވެ.
އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް، ސަރުކާރު ވައްޓާލަން މަގުމައްޗަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީ ހަދާފައިވާތީވެ، މިކަމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގުކުރަން ފަށައިފަ އެވެ،" އެއް ޖުމްލައިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިއްޔެ ހެނދުނު ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ފަރާތުންނެވެ. އެ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
އިއްޔެ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ބައެއް ހަބަރުތައް
ފުލުހުން ބަޔާން ނެރުނު އިރު މިހާރު ޕީއެންސީގެ މައި ހަރުގޭގައި ކުރިއަށް ދާ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވިދާޅުވީ އެމްޑީޕީން އިއްޔެ ކުރަން އުޅުނީ ބަގާތެއް ކަމަށާއި އެއީ 'މާލީ ބަގާވާތެއް' ކަމަށެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓް (9)
ކާމް ޗޯރު
ކޮސް
ހަސީނާ މުއީޒު
ރިޓަނަން
ރަހީމާން
ކިލަމަންޑާ
ސިކުނޑި
ނާޖިހު
ފިންޑާ