ކ. ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ޝައްމާން ޝާކިރު)

މިފްކޯ

ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދިނުމުން މިފްކޯއަށް ހުޅުމާލޭން ބިމެއް ދެނީ

މިފްކޯ އިން ބުނި ގޮތުގައި ކަނޑުއޮތްގިރީގައި ހިނގަމުން ދިޔަ މަސައްކަތްތައް މެދުކަނޑާލަން ޖެހުމުން އާއްމުން ޝަކުވާ ކުރާނެ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ބަންދުކުރާ ކާރުހާނާއެއްގެ ގޮތުގައި ހިންގަމުން އައި ކ. ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދިނުމުން، އެ މަސައްކަތަށް ހުޅުމާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބޮޑު ކަންނެލި މަސްވެރިކަމަށް ހާއްސަކޮށްގެން ހިންގި އެ ރަށް ސަރުކާރުން އެމްއެންޑީއެފަށް ދީފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.

މިފްކޯއިން ބުނި ގޮތުގައި ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދިނީ، ބަދަލުގައި، އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތާ އެކަށީގެންވާ ބިމެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށެވެ. 

ތަފްސީލް - އެ ތަނުން ބުނީ:

  • އެ ނިންމުމާ އެގޮތަށް ހުޅުމާލޭން ބިމެއް ކަނޑައެޅުމަށް ރައީސް އޮފީހުން މިފްކޯ އާއި އެޗްޑީސީއަށް އަންގާފައި

  • މިފްކޯއިން މިހާރު އަންނަނީ، ބިން ހޯދުމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު މަޝްވަރާތައް ކުރަމުން

މިފްކޯއިން ބުނި ގޮތުގައި 4 ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ތާޒާކަމާ އެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެ އެވެ. އަދި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި މަސް ބަންދުކުރުމުގެ އިތުރުން މަސްވެރިންނަށް އައިސް ވެސް އެތަނުން ދޫކުރަމުން އައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނި ގޮތުގައި:

  • ކަނޑުއޮތްގިރި އެމްއެންޑީއެފަށް ދިނުމުން އެތަނުގައި ކުރަމުން ދިޔަ މަސައްކަތް ވަނީ މެދުކެނޑިފައި

  • އެހެންވެ، އެ ކުންފުނިން މިހާރު ދަނީ އެ މަސައްކަތްތައް ފެލިވަރުގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން

  • އެކަމަކު އެކަމަށް ވަގުތުތަކެއް ނަގާނެ

"ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ،" މިފްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެކަމުގައި ހަރަދުތަކެއް ވެސް ހިނގާނެ. އަދި ލައިފްސްޓައިލް އާއި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު ބޮޑުވެފައި މިއީ އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް." 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް