ޝަަމީމް (ދައުރު ފޮޓޯ/ އަނޫފް)
ޖަލްސާ ހިނގަމުންދަނިކޮށް ޝަމީމު މަގާމުން އިސްތިއުފާ ދެއްވައިފި
ޕްރޮސެކުއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން މަޖިލީހުގެ ޖަލްސާ މިރޭ ކުރިއަށް ދަނިކޮށް، އަމިއްލަފުޅަށް އޭނާ އިސްތިއުފާދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޝަމީމު ޕީޖީ ކަމުގައި ހުންނަވައިގެން އެ މަގާމާ އެކަށީގެން ނުވާ ކަންކަން ކޮށްފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއްކޮށް، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މި މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އަހްމަދު ޝާހިދެވެ. އެގޮތުން:
-
އެ މައްސަލާގައި ފަސް ދުވަހުގެ ނޯޓިސްއެއް ދީ، މިއަދު ޝަމީމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިން
-
އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ޝަމީމު އެދިފައި ވަނިކޮށް، އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން
-
އެ ބައްދަލުވުމުގައި ޝަމީމު ވަކިކުރަން ނިންމާފައިވޭ؛ އަދި މިރޭ މިކަމާ ގުޅިގެން ޖަލްސާއެއް ތާވަލުކޮށް، މިހާރު ދަނީ ހިނގަމުން
މަގާމުން މިހާރު އިސްތިއުފާ ދެއްވާފައިވާކަން ޝަމީމު ވަނީ 'ދައުރު'އަށް ޔަގީންކޮށްދީފަ އެވެ.
އިތުރަށް ކިޔާލަން
ޕީޖީން ވަކިކުރުމާއި އިސްތިއުފާދިނުން ތާރީހުގެ ތެރެއިން
އާ ގާނޫނުއަސާސީ އަމަލުކުރަން ފެށި ފަހުން މިހާތަނަށް ޝަމީމު ހިމެނޭ ގޮތަށް ހަތަރު ބޭފުޅުން އެ މަގާމު ފުރުއްވާފައިވެ އެވެ. އެ ހަތަރު ބޭފުޅުން ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަޅާފައިވެ އެވެ. އެއާ އެކު ދެ ބޭފުޅުން އިސްތިއުފާ ދެއްވިއިރު، އެއް ބޭފުޅަކު މަޖިލީހުން ވަކިިކުރި އެވެ.
1. އަހްމަދު މުއިއްޒު:
-
ޕީޖީގެ މަގާމަށް އައްޔަންކޮށްފައިފައި ވަނީ، 4 ސެޕްޓެމްބަރު 2008ގައި
-
އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވީ 25 ނޮވެމްބަރު 2013ގައި
-
އިސްތިއުފާ ދެއްވީ މަގާމުން ވަކިކުރުގެ މައްސަލާގައި މަޖިލިސް ޖަލްސާގައި ބަހުސްކުރަމުން ދަނިކޮށް ވޯޓަށް ކުޑަ ވަގުތުކޮޅެއް އޮއްވާ؛ މައްސަލަ ވެއްދީ އެމްޑީޕީގެ ފަރާތުން
2. މުހްތާޒް މުހުސިން:
-
ޕީޖީގެ މަގާމަށް އައްޔަންކޮށްފައިފައި ވަނީ، 23 ޖުލައި 2014ގައި
-
މަގާމުން ވަކިކޮށްފައި ވަނީ 11 ނޮވެމްބަރު 2015 ވަނަ ދުވަހު ބޭއްވި ރޭގަނޑު ޖަލްސާއަކުން
-
މައްސަލަ ހުށަހެޅީ އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ ފަރާތުން
3. އައިޝަތު ބިޝާމް:
-
ޕީޖީގެ މަގާމަށް އައްޔަންކޮށްފައިފައި ވަނީ، 24 ނޮވެމްބަރު 2014ގައި
-
އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވީ، 28 ނޮވެމްބަރު 2019ގައި
-
އިސްތިއުފާ ދެއްވި އިރު، މަގާމުން ވަކިކުރުމުގެ މައްސަލަ އޮތީ ކޮމިޓީގައި؛ މައްސަލަ ވެއްދީ އެމްޑީޕީގެ ފަރާތުން