ރާއްޖެ އައި ނެދަލެންޑު މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތި (ފޮޓޯ/ކަސްޓަމްސް)

އާންމުކޮށް ރާއްޖެ އެތެރެނުކުރާ ޑްރަގަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ގަތަރު މަގުން ރާއްޖެ އައި އެ މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނި

ރާއްޖެ އައި ނެދަލެންޑުގެ ރައްޔިތެއްގެ ލަގެޖުން 6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ތަފްސީލް - ކަސްޓަމްސް އިން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އައި އެމީހާގެ ލަގެޖުން ފެނުނީ ކެތިނޯން ނަމަކަށް ކިޔާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށެވެ. އެއީ އާންމުކޮށް ރާއްޖެއަށް އެތެރެކުރާ ބާވަތެއް ނޫނެވެ. 

ގަތަރު މަގުން ރާއްޖެ އައި އެ މީހާ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 9.1 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އޭނާގެ އަތުން މަސްތުވާތަކެތި ފެނުނީ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައި ކަމަށް ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އޭނާގެ ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެއްޗަށް ޓެސްޓު ކުރި އިރު ކެތިނޯން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެމީހާ އާއި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް