ވިއްސާރައިގައި މާލޭގައި ފެން ބޮޑުވެ ފެން ހިންދަން ސިފައިންގެ މީހަކު މަސައްކަތް ކުރަނީ (ފޮޓޯ/އެމްއެންޑީއެފް)

މޫސުން

މާލޭގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނާތީ ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

ފުލުހުން ވަނީ ހަތަރުފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުންތަކުގައި ނޫން ގޮތަކަށް ނުދުއްވަން ވެސް އެދިފައި
13 އޯގަސްޓު 2024
2

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގޭގެއަށް ފެން ވަންނަމުންދާތީ، މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިނދެންދެން މާލޭގައި ބަރު ވެހިކަލް ނުދުއްވަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ދެންމެ ބުނީ މަގުތަކުގައި ފެންހެދި ގޭގެއަށް ފެންނަމުންދާ ކަމަށެވެ.

ތަފްސީލް - ފުލުހުން ވަނީ ހަތަރުފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުންތަކުގައި ނޫން ގޮތަކަށް ނުދުއްވަން އެދިފަ އެވެ. އެގޮތުން: 

  • މިއަދު މެންދުރު ކުރިން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗެހި ދުއްވަން ދަތިވާ ވަރަށް މަގުތަކުގައި ވަނީ ފެންބޮޑުވެފައި 

  • ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ދަނީ ކުރަމުން

  • ކ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މެޓުން ވަނީ އޮރެންޖު އެލާޓު ނެރެފައި

ފާހަގަކޮށްލެވޭ - ފެންބޮޑުވުމާ ވިދިގެން އެކްސްގައި ރައީސް މުހައްމަދު މުއިއްޒު އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއަކީ މާލޭގައި ޒަމާނުއްސުރެ ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު އަންނާނެ މަޝްރޫއެއް ކަަމަށެވެ. 

ރައީސް ވިދާޅުވީ ވިއްސާރާގައި އާންމުންގެ ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި އެންމެންގެ އެބާރުލުން ލިބޭ ނަމަ، އެ މަސައްކަތްތަކުގެ ނަތީޖާ ނެރެވިދާނެ ކަމަށެވެ.

ގުޅުން ހުރި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ އިއްޔެ ދައްކައިފަ އެވެ. 

އެ މޫސުމީ ރިޕޯޓުގައި ލަފާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.

ކޮމެންޓް (2)

ބަރުޖޯރު

13 އޯގަސްޓު 2024
މަ އެހެންވެ މިއޮތީ ގޭގަ
0 0

ޢެދުރު

13 އޯގަސްޓު 2024
ދައުލަތުގެ އެއްމެ ބޮޑު ވައްކަން. ތިވެރިރަށް ބަދަލުކޮށްބަލަ . ހުޅުމާލެއަށް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް