މިއަދު މާލެ އަށް ކުރަމުންދާ ވިއްްސާރާގައި މަގުމަތީ ފެންބޮޑުވެފައި (ފޮޓޯ/ފުލުހުން)

މޫސުން

ބޯކޮށް ވާރޭ ވެހޭނެތީ ކ. އަތޮޅުން އދ. އަތޮޅަށް އޮރެންޖު އެލާޓު

އުތުރުގެ އަތޮޅުތަކަށް ވާރޭވެހި ވައި ދަގަވެ ކަނޑުތައް ގަދަވާނެތީ އެ ސަރަހައްދުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓު ނެރެފައި

ކ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އޮރެންޖު އެލާޓު މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 6:15ގެ ނިޔަލަށެވެ.

ތަފްސީލް - އެ އިދާރާ އިން ބުނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން، އުތުރުގެ އަތޮޅުތަކަށް ވާރޭވެހި ވައި ދަގަވެ ކަނޑުތައް ގަދަވާނެތީ އެ ސަރަހައްދުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓު ނެރެފަ އެވެ.

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ވަނީ މާލޭ މަގުތަކަށް ނިކުމެފަ އެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ފެންހިންދުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅުން ހުރި - ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު މަހެއްހާ ދުވަހުގެ ވާރޭ ވެހިދާނެ ކަމަށް އަލް ޖަޒީރާގެ މޫސުމީ ރިޕޯޓަކުން ވަނީ އިއްޔެ ދައްކައިފަ އެވެ. 

އެ މޫސުމީ ރިޕޯޓުގައި ލަފާކުރީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް