ޑީއޯއޭޖީއަށް 14 ވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/ފޮރިން މިނިސްޓްރީ)
އިގްތިސޯދާއި ޑިމޮކްރަސީ ހަރުދަނާ ކުރަން އެމެރިކާއިން އިތުރު 8.5 މިލިއަން ޑޮލަރު ދެނީ
ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސޯދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށް، ރާއްޖެއަށް އިތުރު8.5 މިލިއަން ޑޮލަރު (130.5 މިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ)އަށް ގެނައި އެ އިސްލާހުގައި ސޮއިކޮށްފައިވަނީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ފޮރިން މިނިސްޓްރީގެ ފަރާތުން ސްޓޭޓު މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު
-
އެމެރިކާ ސަރުކާރުގެ ފަރާތުން ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު
ތަފްސީލް - މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ، މި އިސްލާހުގެ ދަށުން އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެފައިވާ ކަމަށެވެ.
އެއާ އެކު، ޑީއޯއޭޖީގެ ދަށުން ދޭ އެހީ ވަނީ ޖުމްލަ 45.7 މިލިއަން ޑޮލަރު (701 މިލިއަން ރުފިޔާ)އަށް އިތުރުކޮށްފަ އެވެ.