މާނިއު (މ).
ކަސްޓަމްސް ކޮމިޝަނަރުކަމުން ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރި މާނިއު އިސްތިއުފާ ދީފި
ކަސްޓަމްސްގެ ކޮމިޝަނަރުކަމުގައި ހުންނަވަނިކޮށް މިފަހުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - މާނިއު ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށް ކަސްޓަމްސްގެ ކޮމިޝަނަރުކަމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އައްޔަންކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހު އެވެ.
ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާތާ ދެ ދުވަސް ވެސް ނުވާ މާނިއު، އެ މަގާމުން މިހާރު އިސްތިއުފާ ދެއްވާފައިވާކަން ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މާނިއު މަގާމުން ވަކިވުމަށް އިސްތިއުފާގެ ސިޓީ ފޮނުވާފައިވާ ކަން އޭނާއަށް އެނގިފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ - ސްޓޭޓް މިނިސްޓަރުން އައްޔަން ކުރުމާއި މަގާމުން ވަކި ކުރުމުގެ ކަންކަން ކުރަނީ ރައީސް އޮފީހުންނެވެ. ނަމަވެސް، މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވާތީ މާނިއު އިސްތިއުފާ ދިނީ ކީއްވެގެން ސާފުވާ ގޮތެއް ނުވެ އެވެ.
ކަސްޓަމްސް ކޮމިޝަނަރުކަމުގައި ހުންނެވި މާނިއުގެ މަގާމު ބަދަލުކޮށްފައިވަނީ ވަރަށް ކުއްލި ގޮތަކަށެވެ. އަދި އެ ބަދަލު ގެނައި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ކޮމެންޓް (1)
ހިތަދޫ 2