ކަސްޓަމްސްގެ ކޮމިޝަނަރުކަމުން ވަކިކުރި މާނިއު އަދި އެ މަގާމަށް އަލަށް ހަމަޖެއްސި ދިޔާނާ: ދިޔާނާ ހުންނެވީ ޑެޕއިުޓީ ކޮމިޝަނަރަކަށް

ކަސްޓަމްސް

މާނިއު ވަކިކޮށް ކަސްޓަމްސްގެ ކޮމިޝަނަރަކަށް ދިޔާނާ އައްޔަންކޮށްފި

މިއީ ކަސްޓަމްސްގެ ކޮމިޝަނަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރު
22 ޖުލައި 2024
4

ކަސްޓަމްސްގެ ކޮމިޝަނަރުކަމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށް ކަސްޓަމްސްގެ ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފާތިމަތު ދިޔާނާ އައްޔަންކޮށްފި އެވެ. 

ފާހަގަކޮށްލެވޭ - މިއީ ރާއްޖޭގެ ކަސްޓަމްސްގެ ކޮމިޝަނަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. 

ކަސްޓަމްސްގެ ކޮމިޝަނަރުކަމުގެ ލިޔުން ރައީސް މުއިއްޒު މިއަދު ދިޔާނާއާ ހަވާލުކުރައްވަނީ: އޭނާ އަކީ ރާއްޖޭގެ ފުރަތަމަ ކަސްޓަމްސްގެ ކޮމިޝަނަރު (ފޮޓޯ/ރައީސް އޮފީސް)

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ވަނީ ކަސްޓަމްސްގެ ކޮމިޝަނަރު ކަމަށް ދިޔާނާ އައްޔަންކޮށް މަގާމުގެ ލިޔުން އޭނާއާ ހަވާލުކޮށްފައިވާކަން ހާމަކޮށްފަ އެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ. 

ތަފްސީލް - ދިޔާނާ ކޮމިޝަނަރު ކަމަށް އައްޔަންކުރީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. 

މީގެ އިތުރަށް ރައީސް އޮފީހުން ބުނީ ކަސްޓަމްސްގެ ކޮމިޝަނަރަކަށް ހުންނެވި މާނިއު ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ. 

މި ބަދަލު ގެނައި ސަބަބެއް ސާފެއް ނުވެ އެވެ. 

'މިއީ ރައީސް އަންހެނުންގެ ކުރިއެރުމަށް ދެއްވާ އިސްކަން'

ކަސްޓަމްސްގެ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރުމާ ވިދިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަމުން ދޭހަކޮށްދެނީ ރައީސް މުއިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުކަން ކަމަށެވެ.

"ގައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ޝާމިލްވުން އިތުރުކުރުމަށް [ރައީސް] ދެއްވާ އިސްކަން ހާމަވެގެންދިޔަ ކަމެއް،" ހީނާ ލިޔުއްވާފައިވެ އެވެ. 

ކޮމެންޓް (4)

ޑްރީމް

22 ޖުލައި 2024
ދޭހަވަނީ މާނިއު އާ ރައީސް މާ ގަޔާ ނުވާކަން މުލިޔާގެ ޓީމް އިން މި ފަހުން މާނިޔު ބޭރަށް ދިޔަފަހުން ވަނީ ތި ބަދަލް ގެންނަން ނިންމާފަ. މީ ޒުވާނުންނަށް އިސްކަން ދޭވަރު.
2 0

ހަބަރޭ

22 ޖުލައި 2024
މާނިއުއަށް ކިޔޭނުކިޔޭ ނޭނގޭ. ޢަދި ރަނގަޅައް ބޮޑުނުވާ ކުއްޖެއް އެއީ
3 0

ޱރ އުދަރެސް

22 ޖުލައި 2024
ލާރި ނެތޭ ލާރި ނެތޭ ހުސްވަނީއޭ ކޮބާ ޙަރަދު ކުޑަކުރަން ކުރިކަމެއްތޯ މިއީ؟ އައްޑޫ ބުރިޖު ކޮބާހޭ ؟ ގދ. ތިނަދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮބާހޭ؟ އުއްމީދުކުރަން ވ އަވަހައްފެށޭނެކަމަށް.
2 0

އަލީ

22 ޖުލައި 2024
މަރުހަބާ ދިޔާނާ. އިއްޒަތްތެރި މެމްބަރ އިބްރާހިމް ޖަނާބުގެ ކެމްޕޭނު މެނޭޖަރަކަށް ކަމަނާގެ ފިރިކަލުން އުޅުއްވިފަހުން ކަމަނާއަށް ޑެޕިއުޓީ ކޮމިޝަނަރކަން ލިބި އަދި މާ ގިނަދުވަހެއްނުވެ ކޮމިޝަނަރކަން ލިބިލެއްވުމުން ދޭހަކޮށްދެނީ ކަމަނާގެ ގާބިލްކަމާއި ތިޔަ މަގާމަށް އެންމެ އެކަށީގެންވަނީ ކަމަނާކަން. އަދިވެސް އެއްފަހަރު އަޅުގަނޑުމެން އެންމެހައި ކަސްޓަމްސްގެ އޮފިސަރުންގެ ނަމުގައި މަރުހަބާ!!
5 5

އިތުރު އާޓިކަލް

އިތުރު އާޓިކަލް