21 ޖުލައި 2024: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ 'ދައުރު'އަށް އިންޓަވިއުއެއް ދެއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފު ޖުނައިދު)

ސްޓެލްކޯ

ކަރަންޓު ބިލު ކުޑަކުރަން އަމިއްލައަށް ފިޔަވަޅު އެޅިދާނެ: ސްޓެލްކޯ

މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވި ގޮތުގައި ގެ ހަދާފައި ހުންނަ ގޮތާއި އިންސިއުލޭޝަން އަދި އޭސީގެ އައުޓްޑޯ ޔުނިޓުތައް ހުންނަ ގޮތް މުހިއްމުވޭ. ހިޔާ ފްލެޓްތަކުގައި ކަރަންޓު ބިލު މާ ބޮޑީ އޭސީ އައުޓްޑޯތަކުގެ ސަބަބުންކަން ފާހަގަކުރެއްވި

ކަރަންޓު ބިލު ބޮޑުވަނީ ސްޓެލްކޯގެ އިހުމާލުން ނޫން ކަމަށާއި ބިލު ކުޑަކުރަން ކަސްޓަމަރުންނަށް އަމިއްލަ އަށް ފިޔަވަޅު އެޅޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފާއިތުވި ދެތިން މަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަރަންޓު ބިލު ބޮޑުވެގެން އާއްމުން ޝަކުވާ ކުރި އެވެ. ރޯދަމަހާއި ހޫނުގަދަ ދުވަސްވަރާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފަ އެވެ. ރޯދަމަހާއި އެއާ ޖެހިގެން އައި މަހަށް ސަރުކާރުން ވަނީ ކަރަންޓު ބިލުން ޑިސްކައުންޓު ވެސް ދީފަ އެވެ.

 ތަފްސީލް - 'ދައުރު' އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ ކަރަންޓު ބިލު ބޮޑުވުމުގެ ހައްލަކަށް މިވަގުތު އޮތީ އިގްތިސޯދު ކުރުން ކަމަށެވެ.

ބުނީ ކީކޭ؟ - "ޖުމްލަ ގޮތެއްގައި ދިރިއުޅުމުގައި ހުރިހާ ކަމެއް މިހާރު ކުރަމުން މިދަނީ ކަރަންޓުން. އެހެންވީމާ ކަރަންޓު ބިލު ކުޑަ ކުރުމަށް ކުރެވޭނެ އެއް ކަމަކީ ހަމަ އިގްތިސޯދު ކުރުން،" ފަހުމީ ވިދާޅުވި އެވެ.

21 ޖުލައި 2024: ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި، ސްޓެލްކޯގެ ބައެއް މަސައްކަތްތައް ދައްކާލައްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

 އޭނާ ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ދިޔަ ނަމަވެސް، އެއީ ބޮޑު އިންވެސްޓުމެންޓަކަށްވާތީ، ކުރު މުއްދަތެއްގައި އޭގެ އެންމެ އެދެވޭ ހެޔޮ ބަދަލު ނުފެނިދާނެ ކަމަށާއި، އިންވެސްޓުމެންޓު ރިކަވަރީ ފަދަ ހުރިހާ ކަމަކަށް ބަލާއިރު، ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ހައްލުވާން އޮތް ގޮތަކީ އިގްތިސޯދު ކުރުން ކަމަށެވެ.

"އެބަ ބަލަން ޖެހޭ ގެ ހެދިފައި ހުރި ގޮތް ވެސް. ގޭގެ އިންސިއުލޭޝަން ހުރިތޯ އާއި، ހާއްސަކޮށް އޭސީގެ އައުޓްޑޯ ޔުނިޓު ހުންނަ ގޮތް. އައުޓްޑޯ ޔުނިޓުގެ ފިނިހޫނުމިން ހުންނަނީ ކިހިނެއްތޯ،" ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ މާލޭ އިންޖީނުގެ 'ދައުރު'ގެ ނޫސްވެރިންނަށް ދައްކާލުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

'ހިޔާ ފްލެޓްތަކުގެ ކަރަންޓު ބިލު މާ ބޮޑު'

އޭސީ އައުޓްޑޯ ޔުނިޓްތައް ހުންނަ ގޮތުން ކަރަންޓު ބިލު ބޮޑުވުމުގެ އެއް މިސާލެއްގެ ގޮތުގައި ފަހުމީ ދެއްކެވީ ހުޅުމާލޭ ހިޔާ ފްލެޓުތަކެވެ.

"ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގެ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުންނަ ތަނުގައި އެބަ ހުރޭ 50 ޑިގްރީ އަށް ވުރެ މަތީން ހޫނުމިން. އެއީ ވަރަށް ކުޑަ ތަންކޮޅެއްގައި މި އިންނަނީ ވަރަށް ގިނަ އޭސީތައް ހަރުކޮށްފައި. އަވަނެއްގެ ހޫނުމިން ހުންނަ ތަނެއްގައި އޭސީ އައުޓްޑޯ ބެހެއްޓީމާ ދެން އެ އިންނާނީ ޖެެހިޖެހި. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެއީ ސްޓެލްކޯއަށް ހައްލެއް ހޯދައިދެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހަގީގަތުގައި ވެސްް ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު މާ ބޮޑު. ތަޖުރިބާކުރެވުނު އެއް ކަމަކީ، ބައެއް ފްލެޓުތަކުން އެބަހުރި އައުޓްޑޯ ޔުނިޓުތައް ރީލޮކޭޓުކޮށްފައި. އެ ފްލެޓުތަކުގެ ކަރަންޓު ބިލު ކުޑަ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (4)

ބެއްޔާގެ ދަރި

23 ޖުލައި 2024
ހިޔާގެ ޑިޒައިން ފާސްކުރީ ކޮން ވަޒީރެއްތޯ ބަލަންވީ. އެތަނަށް ހުއްދަ ދިން އިރު އޭސީ ހަރުކުރަން އެހާ ކުޑަ ޖާގައެއް އިންނަ ގޮތަށް ހުއްދަ ދޭކަށް ނުވާނެ
0 0

މީހުފަ

22 ޖުލައި 2024
ބަލަ ތިޔަ ހުރިހާ ތަނެއްގެ ޑިޒައިން އެންޑް ބިލްޑް އެޕްރޫވްކުރީ ސަރުކާރުން. ސަރުކާރު ޕްރޮޖެކްޓެއް. ރައްޔިތު މީހާގެ ބޮލަށް ބަދުނާމު ޖަހާނެކަމެއް ނެތް. ގްރޭޓާ މާލޭގެ ގޭބީސީތައް ޑަބަލް ޓްރިޕަލް ވެގެން ދިޔުމުގެ މާނައަކީ ސްޓެލްކޯގެ އާމްދަނީ އެ ނިސްބަތުން ބޮޑުވާންޖެހޭނެއޭ. ފްލެޓްރޭޓް ކުރަން ވަކާލާތު ކުރި މީހުން ވެރިކަމަށް އައިސް ކުރި ކަމަކީ ސިޔާސީ މަގާމުތަކާ ދެތިން ޑީއެމްޑީ އިން ނެގީ. ފައިނޭންސް ހެޑަކަށް ހުރެފަ ކުންފުނީގެ ހުންގާނު ދިނީމައި ކުންފުނީގެ މާލީ ހާލަތު މެނޭޖް ކުރަން ނޫޅުމަކީ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން
0 0

ސުނާރު

22 ޖުލައި 2024
ކަރަންޓު ބިލު ކުޑަވާނެ އޮތީ އެންމެ ގޮތެއް. އެއީ އަމިއްލަޔަށް ބިލުތައްޔާރުކުރުން
2 0

ލަޕޯ

22 ޖުލައި 2024
ޖުމްލަކޮށް މީނާ މިބުނަނީ މުއިއްޒުއަކީ މަތީ ފާހެއް ނަގައިގެން ހުރި އަމަލީ ގޮތުން އެއްޗެއް އެގޭ މީހެއް ނޫނޭ. ހިޔާ ހެދިއިރު މިކަންކަމަށް ނުވިސްނާނީ އެބުއްދި ނެތީމަތާ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް