ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޕީއެންސީ ހައުސްގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެންސީ)

ޕީއެންސީ

މިއީ ބަތާ ގަރުދިޔަ ކައިގެން އާދައިގެ ދިރިއުޅުމަކަށް ދިވެހިން ތިރިވެލަންވީ ވަގުތު: އަލީ އާރިފް

ސަރުކާރުން ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު ރައްޔިތުންނަށް ދޭ އެއްވެސް ހިދުމަތެއް އަދި އިނާޔަތެއް ކަނޑާނުލާ ކަމަށް އަލީ އާރިފް ވިދާޅުވި

އިގްތިސޯދީ ގޮތުން މިއީ ދަތި ދުވަސްކޮޅެއް ކަމަށާއި ރާއްޖެ ބަނގުރޫޓު ނުވިޔަސް ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅައި ބޭރުން ކާކެއުން މަދުކޮށް ގޭގައި ކައްކައިގެން ކެއުން ހަމަޖައްސަން މިދުވަސްކޮޅު ވިސްނަން ޖެހޭ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ އިގްތިސާދު މިހާރު އޮތް ހާލަތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އެބަ ޖެހޭ ކަމަށެވެ.

ތަފްސީލް - އިގްތިސާދީ ހާލަތު އޮތް ގޮތުން ހަރަދު ކުޑަކުރުމަށް ރައީސް މުހައްމަދު މުއިއްޒު އަޅުއްވާފައިވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާ އޭނާ ވިދާޅުވީ އިހުލާސްތެރި ވެރިކަން ކުރާނީ އުނދަގުލަސް، ދައްޗަސް އަޅަން ޖެހޭ ފިޔަވަޅު އަޅައިގެން ކަމަށެވެ.

"މީހަކު ބައްޔެއްވީމާ އެއަށް ޝިފާ އޮތީ ހިތި ބޭހެއް ބޮއިގެން ކަމަށް ވަންޏާ އެ ހިތި ބޭސް ބޯން އެބަ ޖެހޭ، އެއީ މަޖުބޫރު ކަމެއް،" އޭނާ ވިިދާޅުވި އެވެ.

ނަމަވެސް މުސްތަގުބަލު ފެންނަނީ ފާގަތިކޮށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރައީސްގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުން ދިނުމަށް އާންމުން ވެސް ގަރުދިޔަ އާއި ބަތް ކާލައިގެން އުޅޭ ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށް އާރިފް ވިދާޅުވި އެވެ.

"މިދުވަސްކޮޅު މިޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއަވޭ ހަދައިގެން ގޭގައި އަޅުގަނޑުމެން ކޭ ކެއުން ހުއްޓާލާފައި ކޮންމެވެސް ވަރަކަށް ގޭތެރޭ އަމިއްލައަށް ކައްކައިގެން ގަރުދިޔަ އާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" އަލީ އާރިފް ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭ އެއްވެސް ހިދުމަތެއް އަދި އިނާޔަތެއް ކަނޑާނުލާ ކަމަށާއި ހަމައެކަނި ހަފްލާތަކާއި ޖަލްސާތަކަށް ކުރާ ހަރަދު ކުޑަކުރަން ސަރުކާރުން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ކުޑަ ގޮތަކަށް އެކަން ނިންމާލަނީ،" ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާ އެކު ރައްޔިތުންނަށް މާ ބޮޑު އަސަރެއް ނުކުރާނެކަން އަލީ އާރިފް ފާހަގަކުރެއްވި އެވެ.

ފާހަގަކުރެވޭ - ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސިޔާސީ މަގާމުތައް މަދުކޮށް، ކުރިއަށް އޮތް މިނިވަން ދުވަހާއި އެފަދަ އެހެން ހަފްލާތައް ވެސް ނުބާއްވަން ރައީސް މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް (6)

އަބްދޫލް

16 ޖުލައި 2024
ބަޔަކު ރުހުނަސް ނުރުހުނަސް މިގައުމުގަ މަލްޓި ޕާޓީ ނިޒާމު ވެރިކަން ކުރަން ފެށީއްސުރެ ޔާމީންގެ ފަސްއަހަރުހާ އިގްތިސާދު ތިޔާގި ދައުރެއް ނާދޭ، އަހަރުމެން ކަހަލަ ކުދި ވިޔަފާރިވެރިންނަށް ހެސްކިޔާފަ ލާރި ލިބުނު
4 0

އާރިފޫ

16 ޖުލައި 2024
އިރު އިރުކޮޅާ ރައީސް މީހާފަހަތުން ޙަރަދު ކުޱަކުރަން ދަތުރުކުރެވޭތޯބަލާތި. ލައްކަ ވާހަކަ މީ.
1 0

ކީކޭ ބުނާނީ

15 ޖުލައި 2024
ގަރުދިޔަ އާއި ބަތަކީ ދެރަ ކެއުމެއް ނޫންކަން ނޭނގެނީބާ، އެކަމު މަސް އަގުބޮޑުއިރެއް އެނގޭތޯ މިހާރަކީ ގަރުދިޔަ އާއި ބަތް ވެސް ކެވެނީ އަގު މަސް ގަނެގެން
4 0

ހިމާރުލްގައުމު

15 ޖުލައި 2024
އޯކޭ އަހަރުމެން ގަރުދިޔަ ނޫން މަގޫފަތްވެސް ކައިފާނަން. ކަލޭމެންނަށް ކެވޭނެތަ؟ ތިމާ ވެރިކަމަށް އައިއްސަ ތިމާގެ ތުއްތުބެއަށް ރައިސް އޮފީހުގެ މިނިސްޓަރުކަން، ދޮންތަބެއަށް މުލިއާގެ މިނިސްޓަރުކަން. ކާފައަށް ބަނޑޭރިގޭ މިނިސްޓަރުކަން، މާމައަށް ދެންޖެހުނު ތާކުން މިނިސްޓަރުކަން. ކަލޯ ކަލޭމެންނަށް ވެރިކަން ކުރަން ނޭނިގެގްނޭ މިއުޅެނީ. މިއުޅެނީ ރައްޔިތުންނަށް ކަޅުސަޔާ ފާރޮއްޓާ ނުކެވިގެނެއް ނޫން.
10 0

ސިކުނޑި

15 ޖުލައި 2024
ރާއްޖޭގެ އިގްތިސާދުގެ ވާހަކައަކީ މިހާރު ތޯތޯ ވާހަކައެއްނޫން! އެވާހަކަ ދައްކަންޖެހޭނީ މައުލޫމާތާއި އިލުމުހުރި މާހިރުން! ދަރިފުޅު ބަލިވީމާ ބައްޕަ ބޭސް ބޯކަށް ނުޖެހޭނެ! އިގްތިސާދު ދަށަށްދަނީ ގުދުރަތީ ކާރިސާއަކުންނެއްނޫނެވެ. ނާގާބިލު ސިޔާސީ މީހުން ނިންމާ ތާކުންތާކު ނުޖެހޭ ނިންމުންތަކުގެ ސަބަބުންނެވެ، ހަފުލާތައް ހުއްޓާލުމަކީ ހިތިބޭހެއް ބުއިމެއްނޫނެވެ. އޭރުވެސް މިހާރުވެސް ހަފުލާ ބާއްވަނީ ގާތް މީހުންނަށް ރަނގަޅުގޮތް ހޯދައިދޭން! ހުސްގޮނޑި ދައްކައިގެ ފާޅުގައި ރައްޔިތުންނަށް އޮޅުވާލަންފެށީ މުއިޒް ސަރުކާރުން! އިގްތިސާދު ނޭވާ ހޮޅިއަށް އެޅިފައިއޮއްވާ ބޭކާރު އެއްތައް ވަޒީފާތަކެއްދިނީ! ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރީ... މިސަރުކާރު އަބަދުވެސް ކަންކަން ނިންމަނީ ނަތީޖާ ސުމެއް! ޔާމީނު މިނިވަން ކުރުންވެސް އެމޭރުމުން ދިޔައީ! ހުރިހާ ކަމެއްކޮށްފަ އެހެން ބައެއްގެ ބޮލުގައި އަޅުވާފައި ނުދެވޭނެ! ޒިންމާ ނަގަންޖެހޭ ދުވަހެއް އަންނާނެ!
9 0

ޙުސެން

15 ޖުލައި 2024
ޚޮވިޑް ގެ ދހުވަސްވަރު އެންމެ ލާރިފޮއްޗެއް ދައުލަތުގެ ހަޒާނާއަށް ނުލިބުނު ދުވަހުވެސް ރައްޔަތުން ކައިިރީ ގަރުދިޔަބޯކަށްނާންގާ. ތިއުޅެނީ ވެރިކަން ކުރަން ނޭގިގެން
15 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް