ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިރު، އެ ކޯޓުގެ ކައިރިން މީހަކު ހިނގާފައި ދަނީ. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ސުޕްރީމް ކޯޓު

ޔާމީންގެ މައްސަލަ ނިންމައި ސުޕްރީމް ކޯޓު ރިސެސްއަށް

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި
30 ނޮވެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގެ އިސްތިއުނާފް ޝަރީއަތް އެއްކޮށް ނިންމައި ސުޕްރީމް ކޯޓު މިއަދު ރިސެސްއަށް ހިނގައްޖެ އެވެ.

އެނގުން މުހިންމު - ކޯޓުތަކުގެ ގާނޫނުގައި ބުނާ ގޮތުން، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގަ އެވެ. 

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓު މިއަދު ރިސެސް އަށް ދިޔަ އިރު، އެ ކޯޓުގައި ހިނގަމުން އައި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޔާމީންގެ މައްސަލަ ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ މިދިޔަ ސެޕްޓެމްބަރު 12ގައި 

  • ގާތްގަނޑަކަށް 30 ގަޑިއިރުގެ އަޑުއެހުންތަކަށް ފަހު، މައްސަލައިގެ އަޑުއެހުންތައް މުޅިން ނިންމާލީ މިދިޔަ މަހުގެ 5ގައި

  • ޔާމީންގެ ފަރާތުން ހުށަހެޅި އާ ހެއްކަކާ ގުޅިގެން މި މަހުގެ 18ގައި އިތުރު އަޑުއެހުމެއް ބޭއްވި

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގެ ރެކޯޑިން

ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން އެ މައްސަލަ ނިންމާނެ ކަމަށް ބެންޗުން ކުރިން ވެސް އޮތީ ވިދާޅުވެފަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އެ ނޫން ވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

ސުޕްރީމް ކޯޓު ރިސެސްއަށް ދިޔަ އިރު، ސިވިލް ކޯޓު ރިސެސްއަށް ނުދާން ވަނީ ނިންމައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް