އައްޑޫ ހިތަދޫގެ މަގެއް މަތި (ދައުރު ފައިލް ފޮޓޯ)

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ

ކަރަންޓު ކެނޑުނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ފެނަކަ އިން ބުނި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑުއަށް ކަަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ބުނީ ހިތަދޫގެ ކަރަންޓު ސްޓޭޝަނާއި ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ތަފްސީލް - ކަރަންޓު ކެނޑުނީ، އެ ކުންފުނިން ބުނި ގޮތުގައި، މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކޭބަލަކަށް ގެއްލުން ވެގެންނެވެ.

"މިހާރު މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ރައްޔިތުންނަށް ކުރިމަތި ވާނެ އުނދަގޫތަކަށް މައާފަށް އެދެމެވެ،" ފެނަކަ އިން ބުންޏެވެ.

ފާހަގަ ކުރެވޭ - އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ވަނީ ހަވާލުކޮށްފަ އެވެ.

އެ މަސައްކަތާ އެކު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދޭނެ ކަމަށް ފެނަކަ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް