މާފުށި ޖަލުން އަތުލައިގަތް ފޯނުތައް (ފޮޓޯ/ޕޮލިސް)
މާފުށީ ޖަލުގެ 8 ގޮޅިއަކުން 29 ފޯނު އަތުލައިގެންފި
މާފުށީ ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރާ ތަކެތި އަތުލައިގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އެ ޖަލުގެ އަށް ޔުނިޓަކުން 29 މޮބައިލް ފޯނު އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރާ ތަކެތި އަތުލައި ޖަލުގައި ގާނޫނައި ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވަން ޖަލު ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
ތަފްސީލް - ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިސްނެންގެވުމަށް ކުރިއަށް ގެންދާ އެ އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސްގެ ޖުމްލަ 304 އޮޮފިސަރުން ބައިވެރިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
183 ފުލުހުން
-
81 ސިފައިން
-
ކަރެކްޝަންސްގެ 40 އޮފިސަރުން
އެ އޮޕަރޭޝަނުގައި މިއަދު މާފުށީ ޖަލުގެ އަށް ޔުނިޓެއް ބަލައި ފާސްކޮށްފައި ވާއިރު، އަތުލައިގަތް ސާމާނުގެ ތެރޭގައި ހިމެނެނީ:
-
29 މޮބައިލް ފޯނު
-
17 ޗާޖަރު
-
12 ހެޑްސެޓު
-
3 ޕެން ޑްރައިވް
-
3 އިއަ ޕޮޑް
-
3 ކޭބަލް
-
2 ސިމް ކާޑު
-
4 ބޮގަރު ފުޅި
ފުލުހުން ބުނީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް (3)
ޢަލީ
ސިކުނޑި
ސިކުނޑި