ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އާ ޕްރިންސިޕަލް އަލީ މުސްތަފާ

ތައުލީމު

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލަކަށް އަލީ މުސްތަފާ

އަލީ މުސްތަފާ މީގެ ކުރިން ހުންނެވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުގައި

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - އަލީ މުސްތަފާ މި މަގާމާ ހަވާލުވެވަޑައިގެންނެވީ، ވޭތުވެ ދިޔަ 12 އަހަރު އެ މަގާމުގައި ހުންނެވި ސައީދު އަހުމަދު އިސްތިއުފާ ދެއްވުމުންނެވެ. ސައީދު ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ސްކޫލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ލިބިވަޑައިގެންނެވި ލޯތްބާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައި، އާ ޕްރިންސިޕަލަށް މަރުހަބާ ވިދާޅުވެފަ އެވެ.

ތަފްސީލް - ސައީދު ވިދާޅުވި ގޮތުގައި، އަލީ މުސްތަފާ އަކީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު އާ އުސްމިނަކަށް ގެންގޮސްދޭނެ ފަދަ ތަޖުރިބާކާރު ޕްރިންސިޕަލެކެވެ.

އޭނާ ވަނީ:

  • ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަން ފަސް އަހަރު ކުރައްވާފައި

  •  އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ ތެރޭގައި

  • އޭގެ ކުރިން އަލީ މުސްތަފާ ވަނީ ސ. ފޭދޫ ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ނުވަ އަހަރު ވާންދެން ކުރައްވާފައި

މި ސްކޫލުތަކަށް އަލީ މުސްތަފާ ވަނީ އޭނާގެ ދައުރުގައި ބޮޑެތި ބަދަލުތަކަކާ އެކު ކާމިޔާބީތަކެއް ވެސް ހޯއްދަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް