ނ. ވަވަތިއަށް ލެއްގި ޑިންގީ ގައި ތިބި ސޯމާލިޔާ މީހުން (ފޮޓޯ/ޕޮލިސް)
ސޯމާލިއާ މީހުންނަކީ ބެހިގެން އާދެވުނު ބައެއް: ފުލުހުން
ނ. އަތޮޅު ރަށަކަށް އިއްޔެ ލެއްގި ޑިންގީގައި ތިބި ސޯމާލިއާގެ މީހުންނަކީ ބެހިގެން ރާއްޖެ އާދެވުނު ބައެއް ކަމަށް ބެލެވޭ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ނ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވަވަތިއަށް ލެއްގި ޑިންގީގައި ތިބީ ތިން މީހުންނެވެ. ފުލުހުން ވަނީ، އެ މީހުން އެ ރަށުގެ ގޮނޑިއެއްގައި އިށީނދެގެން އިން ފޮޓޯއެއް ވެސް އިއްޔެ އާއްމުކޮށްފަ އެވެ.
އެ މީހުން މިހާރު ތިބީ ނ. ހޮޅުދޫގަ އެވެ.
"އެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައި މިހާރު ތިބީ،" ފުލުހުންގެ އޮފިސަރަކު ވިދާޅުވި އެވެ.
އެނގުން މުހިންމު - ރާއްޖޭގެ އިރަށް އޮންނަ ސޯމާލިއާއިން، މީގެ ކުރިން ވެސް މިގޮތަށް ގިނަ ބަޔަކު ބެހިގެންނާއި ކަނޑުފޭރުމުގެ ނިޔަތުގައި ވެސް ރާއްޖޭގެ ސަރަހައްދަށް އައިސްފައިވެ އެވެ. އެގޮތުން، އެންމެ ފަހުން ފެނިފައިވަނީ އއ. އަތޮޅު ބޭރުން ޑިންގީއެއްގައި އޮޔާ ދިޔަ ބަޔެކެވެ.
މިގޮތަށް 2010ގެ ކުރިން ރާއްޖެ އާދެވުނު މީހުންގެ އަދަދު ގިނަވެ، ސިފައިންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 40އަށް ވެސް އެރި އެވެ. އެކި ފަހަރު މަތިން ރާއްޖެ އާދެވުނު އެ މީހުން ފޮނުވާނުލެވި ގިނަ ދުވަސްތަކެއް ވެސް ދިޔަ އެވެ. އެއީ، އޭރު ސިފައިން ބުނި ގޮތުގައި، އެ މީހުންގެ ގައުމު ސާބިތު ނުކުރެވިގެންނެވެ.
ކޮމެންޓް (2)
ފަރީދު
ޖަރީރު