22 މެއި 2024: ވިއްސާރަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮއްފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މޫސުން

ބޮޑު ބަޔަކަށް މޫސުން ގޯސް؛ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

މިއަދަކީ އީދު ޗުއްޓީއަށް ފަހު ގިނަ ބަޔަކު ޗުއްޓީ ނިންމައި މާލެ އަދި ރަށްރަށަށް ދަތުރު ކުރާ ދުވަހެއް؛ ވައިގަދަވުމާ އެކު ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ތ. އަތޮޅާއި ހަމައަށް ވައިޓް އެލާޓު މިއަދު ނެރެފި އެވެ.

ވީ ކިހިނެއް؟ - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން ލަފާކޮށްފައިވަނީ މިއަދު މެންދުރުފަހު 1 ޖެހުމާ ހަމައަށް އެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށެވެ.

ތަފްސީލު - މެޓުން ލަފާކޮށްފައިވަނީ:

  • އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ

  • ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި

  • ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ

  • ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓާ ދެމެދުގައި

ފާހަގަ ކުރެވޭ - މިއަދަކީ އީދު ޗުއްޓީއަށް ފަހު ގިނަ ބަޔަކު ޗުއްޓީ ނިންމައި މާލެ އަދި ރަށްރަށަށް ދަތުރު ކުރާ ދުވަހެކެވެ. ވައިގަދަވުމާ އެކު ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް