ނޮޅިވަރަމްގެ ބަނދަރު ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން (ފައިލް ފޮޓޯ/ތިލަދުން)
ނޮޅިވަރަމްގައި ސައިކަލާ އެކު މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެ
ހދ. ނޮޅިވަރަމްގައި ރޭ، ސައިކަލާ އެކު މޫދަށް ވެއްޓުނު ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނޮޅިވަރަމް ބަނދަރު މަތިން އުމުރުން 32 އަހަރުގެ އިލްޔާސް އިބްރާހިމް ސައިކަލާ އެކު މޫދަށް ވެއްޓިގެން އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންނަށް ރިޕޯޓު ލިބުނީ، ރޭ 9:15ހާއިރު އެވެ.
ތަފްސީލު - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިލްޔާސް މަރުވީ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އިތުރަށް ހޯދަން ޖެހޭ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިލްޔާސްގެ ޖަނާޒާ މިއަދު ހެނދުނު ވަނީ އެ ރަށުގައި ބާއްވައިފަ އެވެ.