ރޭ ރޯކޮށްލި ސައިކަލްތައް ކައިރީގައި އެމްއެންޑީއެފްގެ އަލިފާން ނިވާ މީހަކު މަޑުކޮށްލައިގެން: ފަސް ސައިކަލެއް ވަނީ އަނދާފައި

ހުޅުޖެހުން

ދެ ހަފުތާ ނުވޭ؛ އަނެއްކާ ވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި

މި މަހުގެ ހަތަރު ވަނަ ދުވަހު ވެސް ރައްޔިތުން މަޖިލިސް ކުރާ ގޭ ކުރިމަތިން އޮންނަ ޕާކިން ޒޯންގައި ހުރި ސައިކަލުތަކެއްގައި ވަނީ ބަޔަކު ރޯކޮށްލާފައި

މާލޭގައި ސައިކަލްތަކެއް ރޯކޮށްލިތާ ދެ ހަފުތާ ނުވަނީސް، އަނެއްކާ ވެސް ސައިކަލްތަކެއްގައި ރޭ ހުޅުޖަހައިފި އެވެ.

ވީ ކިހިނެއް؟- ފުލުހުން ބުނީ ހ. ޕެޓްރޯލް ޝެޑް ކައިރީ، މެހެލި ގޯޅީގައި ހުރި ސައިކަލްތަކެއްގައި ރޯވެ، ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ރޭ އަނދާފައިވާ ކަމަށެވެ. އެކަން ހިނގާފައިވަނީ ރޭ ދަންވަރު 12:30 ހާއިރު އެވެ.

ތަފްސީލް - ސިފައިން ބުނި ގޮތުގައި ސައިކަލްތަކުގައި ރޯވެފައި ހުރި އަލިފާން އެކީ ނިއްވާލެވުނީ ދަންވަރު 12:42 އެހާއިރު އެވެ. އެގޮތުން: 

  •  ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި 

  • އެއްވެސް މީހަކަށް ހާދިސާގައި އަނިޔާއެއް ލިބިފައެއް ނުވޭ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލްތަކުގައި ރޯކޮށްލި ވަގުތު ވަރަށް ބޮޑަށް މުޅި ސަރަހައްދަށް ހުޅުގަނޑު ފެތުރިފައި ހުއްޓެވެ. އަދި ބައެއް މީހުން އަލިފާންގަނޑު ނިއްވުމަށް މަސައްކަތް ކުރާތަން ވެސް ފެނެ އެވެ. 

ފާހަގަކޮށްލެވޭ - މި މަހުގެ ހަތަރު ވަނަ ދުވަހު ވެސް ވަނީ ހަމަ މިގޮތަށް ސައިކަލްތަކެއްގައި ރޯކޮށްލާފަ އެވެ.

މާލޭގެ ގްރީން ޒޯން ސަރަހައްދުގައި ހުންނަ ހޮޓަލް ޖެން ކައިރީ، ޕާކިން ޒޯންގައި ބަހައްޓާފައި ހުރި ޖުމްލަ ހަތް ސައިކަލަކާއި ވޭނަކަށް އެ ފަހަރު ގެއްލުންވި އެވެ. އޭގެ ތެރެއިން ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އެނދި އެވެ.

އެ މައްސަލަ ތަހުގީގުކޮށް، 36 އަހަރުގެ މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް