ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގެ ތެރެއިން. (ދައުރު ފޮޓޯ/ ހުސެން ސުނޭން)
ޑިމޮކްރެޓްސްއިން ތާއީދުކުރީ ރައީސް މުއިއްޒަށް ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންފި
މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރީ އޭރުގެ އިދިކޮޅު ކެންޑިޑޭޓު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށްކަން އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެއްބަސްވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެ ޕާޓީން ވަކިވެ، މަޖިލީހުގެ އޭރުގެ 12 މެންބަރުންނާ އެކު މިދިޔަ އަހަރުގެ މެދު ތެރޭ އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ފުރަތަމަ ބުރުގައި ލިބުނީ ތިން ވަނަ އެވެ. އެގޮތުން:
-
ދެ ވަނަ ބުރުގައި އެ ޕާޓީން ތާއީދު ކުރާނެ ކެންޑިޑޭޓަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ނަމަވެެސް ރަސްމީކޮށް އެ ޕާޓީން ނިންމާފައި ވަނީ އެއްވެސް ކެންޑިޑޭޭޓަކަށް ތާއީދު ނުކުރުމަށް
-
ނަމަވެސް، އޭރު ވެސް ޑިމޮކްރެޓްސްގެ ރޫހު އޮތީ، "އެމްޑީޕީ ނޫން ގޮތެއް" ހޯދައި އޭރު އޮތް އެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނައުމަށް
ނަޝީދުގެ ނުރަސްމީ އެކައުންޓުން އިއްޔެ 'އެކްސް'ގައި ކުރެއްވި ޕޯސްްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ތާއީދުކޮށްފައި ވަނީ ރައީސް މުއިއްޒަށެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްެރެޓްސް ޑރ. މުއިއްޒަށް ތާއީދު ކުރީ، މިއަދު މި ދެކޭ ސުލްހަވެރި، ގުޅުން ރަނގަޅު އިންޑިއާ ކަނޑުގެ ތަސައްވަރު ފެންނަ ކަމުން،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދެވި ދަތުރުފުޅާ ދިމާކޮށް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
އަބަދުވެސް އިންޑިއާއާ ގާތް ސިޔާސަތަކަށް ތާއީދުކުރައްވާ ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ކޮންމެ އިންތިހާބަކަށް ފަހު ބަދަލުވާ އެއްޗެއްގެ ގޮތުގައި އޮތުމަކީ ދިވެހިންނަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.
ގުޅުން ހުރި ކަމެއް - ނަޝީދުގެ ރަސްމީ އެކައުންޓުން މިދިޔަ އާދިއްތަ ދުވަހު ކުރެއްވި ޕޯސްޓުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ރައީސް މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް މަރުހަބާ ދަންނަވާފައިވެ އެވެ.
ކޮމެންޓް (4)
ހަސަން2342
ދެފުށް
ސުޖާ
ޝައިތާނު