ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ބޭއްވި ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުން. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

ސުންގަޑި ހަމަވައިރު 2 ޕާޓީން ވެސް ޝަރުތުތަކަށް އެއްބަސްނުވުމުން ޑިމޮކްރެޓްސްއިން ވަކި ކޮޅަކަށް ނޭރި

އެމްޑީޕީން ވަނީ އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވެ، ޑިމޮކްރެޓްސް އިން ހުށަހަޅައިގެން އިއްޔެ މަޖިލީހުން ފާސްކުރި ގަރާރަށް ތާއީދުކޮށްފައި

މި މަހުގެ 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އިން ހުށަހަޅާފައިވާ ޝަރުތުތަކަށް އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީން ސުންގަޑި ހަމަވިއިރު ޖަވާބެއް ދީފައި ނުވުމާ އެކު، ޑިމޮކްރެޓްސް އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އިންތިގާލީ ކައުންސިލް ބައްދަލުވުމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވަނީ ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ބައްދަލުވުމުގައި ފާސްކުރި އެ ގަރާރުގައި ވަނީ:

  • މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް މި ބުދައިގެ ކުރިން އެމްޑީޕީން އެއްބަސްވާ ނަމަ، އެ ޕާޓީއާ އެކު މަޝްވަރާކުރުމަށް

  • ޕީޕީއެމްއާ އެކު ސަރުކާރު އުފެއްދުމަށްޓަކައި، އެ ސަރުކާރުގައި ޑިމޮކްރެޓްސް އިން ހިއްސާވާ މިންވަރާއި އެ ސަރުކާރުގައި އެ ޕާޓީގެ ސިޔާސަތުތައް ހިމެނޭނެ މިންވަރު ބަޔާންކުރާ ލިޔުމެއްގައި މި ބުދައިގެ ކުރިން އެ ޕާޓީން ސޮއިކުރަން އެއްބަސްވާ ނަމަ، މަޝްވަރާކުރުމަށް

  • މިއިން އެއްވެސް ކަމަކަށް އެ ދެ ޕާޓީން އެއްބަސްނުވާ ނަމަ، ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް

އެ ޝަރުތުތަކާ ގުޅޭ ގޮތުން ޖަވާބެއް ދޭން ދީފައިވާ މުއްދަތު ރޭ 12އަށް ވަނީ ހަމަވެފަ އެވެ.

ބުނީ ކީކޭ؟ - "... [އިއްޔެގެ ނިޔަލަށް] ޕީއެންސީ-ޕީޕީއެމް ކޯލިޝަނުން އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެއްބަސްވެފައި ނުވާތީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ދަ ޑިމޮކްރެޓްްސް އިން އެއްވެސް ޕާޓީއަކަށް ތާއީދުނުކުރުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" ޑިމޮކްރެޓްސް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައިވެ އެވެ.

އެނގުން މުހިންމު - ޑިމޮކްރެޓްސް އިން ޕީޕީއެމް-ޕީއެންސީއަށް ހުށަހެޅި، ސަރުކާރުން ބައި އެޅުމުގެ ޝަރުތަށް އެ ޕާޓީގެ ލީޑަޝިޕުން ވަނީ ދެކޮޅު ހަދާފަ އެވެ.

ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި މި މަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ހިމަނާފައި ވިޔަސް، އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އިއްޔެ ފާސްކުރި ގަރާރުގައި އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށެވެ.

އެމްޑީޕީން ވަނީ އަންނަ މަހުގެ 30ގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސްވެ، ޑިމޮކްރެޓްސްގެ އެ ގަރާރަށް ތާއީދުކޮށްފަ އެވެ.

އެ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަންގައި އެދޭނީ ސީދާ މަޖިލީހުން ކަމަށް އިއްޔެ ފާސްކުރި ގަރާރުގައި ކަނޑައަޅާފައި ވިޔަސް، ރައީސް އިބްރާހީމް މުއްމަދު ސޯލިހު ގަބޫލުކުރައްވާ ގޮތުގައި:

  • ނިޒާމީ ވޯޓު ނެގޭނީ، މަޖިލީހުގެ ޖުމްލަ 87 މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިގެ ނުވަތަ 66 މެންބަރުންގެ ވޯޓާ އެކު ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް އެ މަނިކުފާނަށް ފޮނުވުމުން، އެ މަނިކުފާނު އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމުން

  • އެގޮތަށް ފާސްކޮށް މަޖިލީހުން ފޮނުވައިފި ނަމަ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައިގެން ފާސްކުރި ގަރާރުގައިވާ ގޮތަށް، އަންނަ މަހު 30ގެ ކުރިން އެ ވޯޓު ނެގުމަށް، މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ

ކޮމެންޓް (2)

އެގަން19

21 ސެޕްޓެމްބަރު 2023
ރައްޔިތުން އިންތިހާބް ކުރީ ނަޒާހަތްތެރި މަޖިލިސެއް. އަންނި އެޖަންޑާ 19 ކިޔާގެން ރައްޔިތުން ކައިރިޔަށް ގޮސް ކޮރަޕްޝަން ނައްތާ މިނިވަން ޖުޑިޝަރީ ގާއިމްކޮށް ގުޑް ގަވަރނެންސް ގާއިމްކޮށްދޭނޭ ކަމަށް ވީ ވައުދަކަށް ރައްޔިތުން ދިނީ ސުޕަރމެޖޯރިޓީ. އެ ސާފް ބަރުލަމާން ހަލާކު ކޮށްލީ ރިޔާސީ ރައިސް. އިބޫ އާއި ފައުޅުވީ ބްރޯ ފައްޔާޒް. އެއީ ރިޔާސީ ނިޒާމްގަ މިކަން ހިނގާ ގޮތް. ވީމާ އުވާލަން ޖެހޭނީ ރިޔާސީ ނިޒާމް
1 3

ޑިމޮކްރޭޓްސް

21 ސެޕްޓެމްބަރު 2023
ހުރިހާ ރައްޔިތުންގެ ވޯޓުންގެ އިންތިހާބް ކުރެވޭ މަޖިލިސުން ވެރިކަން ކުރަނީ ބަރުލަމާނީގައި. ހުރިހާ ރައްޔިތުންގެ ވޯޓުން އިންތިހާބް ކުރި ރައީސް ގައުމު އިންޑިޔާއަށް ވިއްކާލާގެން އެ ރާއްޖެ އަނބުރާ ހޯދަން "ދިވެހީންގެ ރާއްޖެ" ޖަހާގެން ބަޔަކަށް އުޅެން ޖެހިފައި އެވަނީވެސް.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް