އުނގޫފާރުގައި އިއްޔެ މަގުމަތީގައި އޮތް ފެންގަނޑެއް ތެރޭ ދެ ކުޑަކުދިން ކުޅެން އުޅުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި

އުނގޫފާރު

އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ މަރުވެއްޖެ

އުމުރުން 18 އަހަރުގެ ޒުވާނާ ކަރަންޓުގައި ޖެހުނީ ކުޑަކުދިންތަކެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި

ރ. އުނގޫފާރުގައި ކަރަންޓު ޖެހިގެން ފަރުވާ ދެމުންދިޔަ ޒުވާނާ މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟- އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓް އައުމުން ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ހުސެން އަތީކަށް ފަރުވާ ދެމުން އަންނަތާ 15 ދުވަސް ވެއްޖެ އެވެ. އާއިލާއިން ބުނާގޮތުގައި މިއަދު 10:30 އެހާކަންހާއިރު އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް، ހޭ ވެސް ނާރަ އެވެ.

"ހަމަ ދާދި ދެންމެއަކު އެ ނިއާވީ،" ހޮސްޕިޓަލުގައި ހުރި އަތީކުގެ ބޭބެއަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި އަތީކު ވަޅުލާނީ މާލޭގަ އެވެ.

އެނގުން މުހިންމު - މިދިޔަ މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާއަށް ފަހު އަތީކަށް އެންމެ ފުރަތަމަ ފަރުވާދިނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އިތުރު ފަރުވާއަށް އަތީކް މާލެ ގެނައީ މިދިޔަ މަހުގެ 24ގަ އެވެ.

  • އެ ހާދިސާގައި ފެންގަނޑުގައި ތިބި އެ ދެ ކުދިންނަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ އެ ކުދިން ސަލާމަތް ކުރަން ނުކުތް އަތީކަށް 

  • އޭނާގެ ހާލު ސީރިއަސްވީ އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުން

ކޮމެންޓް (1)

މުޙައްމަދު

8 ޖޫން 2024
إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް