މަރުވެފައި އޮތް މީހާ ނެގުމަށް ފުލުހުން މަސައްކަތް ކުރަނީ

ލޯންޗުން ޖެހި ބިދޭސީ މީހާ އޮތީ ދެފަޅިވެފައި

ބިދޭސީ މީހާ މަސް ބާނަން ފައިބާ އޮތީ ދިދަ ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން

އދ. ދަނގެތީ ކައިރީ އޮންނަ ތިލައަކަށް ފާނަ ބާނަން ފައިބާ އޮތް ބިދޭސީ މީހާގެ ގައިގައި ލޯންޗުން ޖެހުމުން އޭނާ އޮތީ ދެ ފަޅިވެފައި ކަމަށް، މަންޒަރު ދުށް މީހުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - މިއަދު ހެނދުނު 7:55 ހާއިރު އެ ހާދިސާ ހިނގީ އދ. މާމިގިލިން ފުރައިގެން މާލެ ދިޔަ ލޯންޗެއްގައި ޖެހިގެންނެވެ. ލޯންޗުގެ ބުރަފަތީގައި ޖެހި މަރުވެފައިވަނީ ފ. ފީއަލީ ދޯންޏަކުން ފާނަ ބާނަން ފައިބާ އޮތް ބަންގްލަދޭޝްގެ މީހެކެވެ. 

ތަފްސީލު - މަންޒަރު ދުށް ދަނގެތީ ކައުންސިލްގެ ރައީސް މުއާވިއަތު ރަޝީދު ވިދާޅުވި ގޮތުގައި، ބުރަފަތިން ޖެހި، ބިދޭސީ މީހާ އޮތީ ކަރުން ފަށައިގެން ފޫޅާ ހަމައަށް ދެފަޅިވެފަ އެވެ. އޭނާގެ ބޮލުގެ ފުއްކިބައިން ބައެއް ވެސް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. 

"ހަމަ ރީތިކޮށް ދެފަޅިވެފައި އޮތީ. އެތެރޭގައި ހުރި ގުނަވަންތައް ވެސް ރީތިކޮށް ފެންނަން ހުރި،" މުއާވިޔަތު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީ މީހާ ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔުމާ އެކު ފުރަތަމަ ވެސް ޖެހުނީ ހަށިގަނޑު އެއްކޮށްލައި އައްސާށެވެ.

އެނގިފައިވާ ގޮތުގައި، އެކްސިޑެންޓު ހިނގީ އާއްމުކޮށް މީހުން މަސް ބާނަން ފައިބާ ސަރަހައްދެއްގަ އެވެ. މިއަދު އެ ހާދިސާ ހިނގި އިރު، ފީއަލީ ދޯނި ވެސް އެ ސަރަހައްދުގައި މަޑުކޮށްގެން އޮތެވެ. 

ބިދޭސީ މީހާ ފާނަ ބާނަން އޮތީ، ދުރަށް ފެންނާނެ ގޮތަށް ދިދަ ނަގައި ރައްކާތެރިކަމުގެ ފިޔަވަޅު ވެސް އަޅައިގެން ކަމަށްވެ އެވެ. އެކަމަކު ލޯންޗު ގޮސް މީހާގެ ގައިގައި ޖެހުނު އިރު ވެސް އުޅަނދު ދުއްވަން އިން މީހާއަކަށް ނޭނގެ އެވެ. 

"ކައްޕިއަކަށް ނޭނގޭ ޖެހުނު އިރު ވެސް. ލޯންޗުގައި ތިބި އެހެން މީހުންނަށް އެނގިގެން އެ ވާހަކަ ބުނީމައި އަނބުރާލާފައި އެތަނަށް ދިޔައީ،" މުއާވިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީ މީހާ ޒަހަމްވެފައި އޮތްލެއް ބޮޑުކަމުން، އެ ލޯންޗަށް އޭނާ ނުނަގާ ކަމަށެވެ. އެއީ ލޯންޗުގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބުމުންނެވެ. ބިދޭސީ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ އޭރު އެ ސަރަހައްދުގައި އުޅުނު ފުލުހުންގެ ބައެކެވެ. 

އެކްސިޑެންޓުވި ލޯންޗު ދުއްވަން އިން ކެޕްޓަން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. 

ކޮމެންޓް (4)

ސިކުނޑި

2 ޖޫން 2024
ހިތާމަވެރި ހާދިސާއެއް! އެހާ މުނާސަބު ނޫނަސް މިވާހަކަ ހިއްސާކޮށްލާ ހިތްވީއެވެ. މިހާރަކަށް އައިސް ރާއްޖޭގައި ހިނގާ ބޮޑެތި ކަންތައްތަކުގައި ބިދޭސީން ޝާމިލުވާ މައްސަލަ ކޮންމެވެސް ވަރަކަށް ބަލާނެ ބަޔަކު މިގައުުގައި ތިބެންޖެހެޔޭ! ބިދޭސީންނާއި ބެހޭ ވަކި ވުޒާރާއެއް ހެދައިގެންވެސް ކޮންމެވެސް ފިޔަވަޅު ތަކެއް އަޅަންޖެހޭ! މިހާރުގެ ވިޔާފާރިތަކާއި ފަރުދުންނަށް ލިބިދާނެ ކުޑަ ފައިދާއަކަށް އަންނަންއޮތް ޖީލަށް ދުއްތުރާ ޖައްސައިގެން ނުވާނެ! ދިވެހިރާއްޖޭގެ ހުރިހާ ސިނާއަތެއް އެމީހުންގެ އަތްމައްޗަށް މިދޫކޮށްލެވެނީ ވިސްނުމެއް ޚިޔާލެއްނެތި! ކުދި ވިޔާފާރިއާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި ރާނަ ސިމެންތި ޖެހުމާއި ތެދުވި/ ކިއްސަރު ވަޑާން ކުރުމާއި، ތިލޭރުކަމާއި ލިޔެލާޖެހުންވެސް މިހާރު ނެތިގެންދަނީ! މި މަސައްކަތްތައް ކުރުމަށް ދިވެހީންނަށް މަޖުބޫރު ކުރުވަން ބޭރު މީހުން ގެނައުން ހުއްޓުވަންވީ! ތަރައްގީ މިއަދު ނުވިއްޔާ މާދަމާ ވެދާނެ! މިއަދު ގެންނަ ބޭރުމީހާ މާދަން ފޮނުވައެއް ނުލެވޭނެ!
7 0

ޛެިެިދ8ިދޖ

2 ޖޫން 2024
ލޯންޗުގަ އިން މީހަކު ބުނެގެނެްނޫން ދިޔައީކީ، ފަހަތުން އައި އެހެން ލޯއްޗަކައް ފެނުނީ، ދޮގުމަޢުލޫމާތު ނުލިޔޭ.
0 0

ދިވެއްސެެއް

1 ޖޫން 2024
އިސްރައިލް މީހުނަށް ފަލަސްތީން މީހުންގެ ފުރާނަ މުހިންމުނުވާފަދައިން ދިވެހިންނަށް ބަންގްލަދަެޝް މީހެއްވީމަ ތިކަންތީ މާ ބޮޑު މައްސަލައެއްނޫން. ހަގީގަތުގަ ތީ މޭން ސްލޯޓާ! ގަސްތުގައި މީހަކު މަރާލީ!
13 14

އެލީނާ

1 ޖޫން 2024
@ދިވެއްސެެއް ގަސްތުގަ އެއްނޫން. އެކަމު ފަރުވާ ކުޑަ ކަމުންނޭ ބުނެވިދާނެ. ވަކިގައުމެއް ވެގެން މިގައުމުގަ މީހުން މަރާ ނުހަދާ.
21 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް