ސްޓެލްކޯގެ މާލޭ އިންޖީނުގެ: މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސްޓެލްކޯ

ކަރަންޓު ބިލް މާ ބޮޑީތަ؟ ކުޑަކުރެވޭނެ ގޮތް އިންޖިނޭރަކު ކިޔައިދީފި

ސްޓެލްކޯގެ އިންޖިނޭރު ނިޔާޒު ވިދާޅުވި ގޮތުގައި، ބިލް ކުރާނީ ބޭނުން ކުރި އެއްޗަކަށް، އެކަމަކު ކަރަންޓު ބިލް ކުޑަކުރުމަށް ލައްކަ ގިނަ ކަންކަން ކުރެވިދާނެ

މި ދުވަސްވަރު އެންމެ އަޑުގަދަކޮށް ދެކެވެނީ، ސްޓެލްކޯއިން ފޮނުވި މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑު ވާހަކަ އެވެ. ގެ ފަޅަށް ހުރި އިރު ވެސް އެތައް ހާހެއްގެ ބިލެއް އައި ވާހަކަ އެވެ. މާޗު މަހާއި އޭޕްރީލް މަހު ކަރަންޓު ބިލް ބޮޑުވީ ހޫނު ގަދަވެގެން ކަމަށް ސްޓެލްކޯއިން ބުނާއިރު، މިދިޔަ ވިއްސާރަ މޫސުމަށް ފަހު ވެސް އެހާ ބޮޑު ބިލެއް އައި ވާހަކަ އެވެ.

އެއާ އެކު، ބައެއް މީހުންނަށް، މިހާރު ސްޓެލްކޯ ވެފައިވަނީ 'ވައްކަން' ކުރާ ތަނަކަށެވެ. އެކަމަކު އެކަން ސްޓެލްކޯގެ އިންޖިނިއަރު އަލީ ނިޔާޒަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

"ވަގަށް ގޮވުމުގެ ކުރިން، ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބަލާލިންތަ؟،" ފޭސްބުކްގައި އޭނާ ލިޔުއްވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި މިދިޔަ އެންމެ ހޫނު ދުވަސްވަރު، އެވްރެޖްކޮށް 110-113 މެގަވޮޓްއާ ދޭތެރޭ ޑިމާންޑެއް މާލޭ ސަރަހައްދުގައި އޮތެވެ. އެހެންވެ، ޖެނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތައް ހިންގަން ޖެހުނެވެ. ނިމިދިޔަ 'ބިލިން ސައިކަލް'ގައި ހޫނުމިން އިހުސާސްކުރެވޭ މިންވަރު 44 ޑިގްރީ ސެލްސިއަސްއަށް ވެސް އެރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ގޭތެރޭގައި ހުރީ ހަމަ ޗިލްކޮށް 25 ޑިގްރީގައި؟" ނިޔާޒު ލިޔުއްވި އެވެ.

އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާ ދެމެދު ހުރި ނަމަވެސް 25 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށްކޮށް އެ ވަރުގައި ހިފަހައްޓަން އޭސީން ކުރަން ޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނާޖީއެކޭ."

އޭނާ އެދިވަޑައިގެންނެވީ ހޫނުމިން އިހުސާސްކުރެވޭ ވަރު 40-45 ޑިގްރީ ސެލްސިއަސްގައި ހުރެފައި ތިރިއަށް އަންނަން ކުރަން ޖެހޭނެ މަސައްކަތް ވިސްނާލުމަށެވެ.

ސްޓެލްކޯގެ މާލޭ އިންޖީނުގޭގައި މުވައްޒަފަކު މަސައްކަތުގައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"މިއީ އަދި އޭސީ އެކަނި. ކޮބާ އަދި ފްރިޖު. އެ އަދި މާ ބޮޑަށް ޓެމްޕަރޭޗަރު ދަށް ކުރަން ޖެހޭ އެއްޗެހި. އާ އެއްޗެހިތަކެއް ގެޔަށް އިތުރު ކޮށްގެނެއް ނޫން ހަމައެކަނި ބިލަށް އަސަރު ކުރާނީއެއް،" ނިޔާޒު ވިދާޅުވި އެވެ. 

ކަރަންޓު ބިލް ކުޑައކުރާނީ ކިހިނެއް؟

ކަރަންޓު ބިލް ބޮޑުވަމުންދާ ގޮތް، ސްޓެލްކޯގެ އެ އިންޖިނޭރަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ ދެން އޭނާ ކިޔައިދެއްވީ ބިލް ކުޑަކުރާނެ ގޮތެވެ. އެގޮތުން:

  • އޭސީ ސާވިސްކޮށް. ގޭސް ލެވެލް ޗެކްކޮށްލުން؛ ގޭސް ލީކެއް އުޅޭ ނަމަ އެކަން ހައްލުކުރުން

  • ފުލް ސާވިސްއެއް ނުކުރި ނަމަވެސް މަހަކު އެއް ފަހަރު ކަހަލަ ގޮތަކަށް އޭސީގެ އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ 'ކޯ ކަނޑު' ދޮވެލައި ފިލްޓަރުތައް ސާފުކޮށްލުން

  • އައުޓް ޑޯ ޔުނިޓް އިނީ ވައި ދައުރުވައި ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީންކޮށްލުން

  • އޭސީކޮށްފައި ހުރި ތަންތަނުގެ ދޮރު ދޮށުން، ފިނި ވައި ލީކުވާ ގޮތަށް ހުރި ނަމަ، އެ ތަނަށް ޕެކިނެއް ލައި ބަންދުކޮށްލުން

  • ބަދިގޭގެ އުނދުނާ ވީހާވެސް ދުރުގައި ރެފްރިޖަރޭޓަރު ބެހެއްޓުން

  • އޭސީކޮށްފައި ހުރި ތަންތަނުގެ ބިއްލޫރި ދޮރުތަކުގައި ވީހާ ވެސް ބޯ ދޮރުފޮތި ދެމުން

  • ތަނާ އެކަށީގެންވާ ވަރުގެ އޭސީއެއް ހަރުކުރުން

  • ބަދިގެ އާއި ސިޓިންރޫމު އެއްކޮށް ހުންނަ ނަމަ، ކައްކާއިރު ސިޓިންރޫމުގައި އޭސީ ނުޖެއްސުން

  • ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި ނިވާލުން

  • ފަންކާގެ ފިޔަތައް ގަވައިދުން ސާފުކުރުން

  • ދޭތެރެއަކުން ގޭގެ ކަރަންޓު މީޓަރު ބަލާލައި، މީޓަރު ހިނގާވަރާއި އަރާ އެއްޗެހި ބަލާލުން؛ ބިލަށް އަރާނެވަރު މޮބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ

"މިގޮތަށް ބަލަމުން ދާ ނަމަ، އިގްތިސާދު ކުރެވޭނެ ލައްކަ ކަންކަން ބޮލަށް ވަންނާނެ. މިކަންކަން ކޮށްލައްވާ. ނަތީޖާ ފެންނާނެ. ބިލް ކުރެވޭނީ ބޭނުންކުރި އެއްޗަކަށް ހަމަ،" ނިޔާޒު ވިދާޅުވި އެވެ.

admin@stelco.com.mv
3320982

ކޮމެންޓް (19)

ޝިފާ

2 ޖޫން 2024
އަލަށް ހެން ހީވަނީ ގެޔަށް ކަރަންޓުލެވިގެން މިއުޅެނީ... އެނގިދާނެތާ އަންނަ މަހު ބިލް ވެސް އަންނާނެ ... ބަލަން ތިބޭތި އާމްދަނީ ހޯދުމުގެ އާފަލަސަފާ އެއް މ ފެށިގެން އުޅެނީ
1 0

އަފީފާ

2 ޖޫން 2024
މީގެ ކުރިން ދުވަހަކުވެސް ހޫނު ދުވަސް ވަރެއް މިރާއްޖޭގައި ނާންނަނިތަ؟ ކުރިން ނުވާ ބޮޱެއް މިހާރު ވެގެން މިއުޅެނީ؟ ޖަވާބެއް ދޭން ވީ އެއްނުން
1 0

އިންޖިނިއަރު

1 ޖޫން 2024
މީހުން ނޫޅޭ އެއްވެސް އަލިކަމެއް ، ކަރަންޓް މީގެ 6 ކުރިން ކަނޑައިފައި ހުރި ތަނަކަށް 600ރުފިޔާގެ ބިލެއް. ޢައި ކީއްވެތޯ toys މޮޅު އިންޖިނިއަރު ގާތުން އަހާބަލަ ދައުރު ...
5 1

އަފީފާ

2 ޖޫން 2024
@އިންޖިނިއަރު ތި ދައްކާ ވާހަކަ ހަމައެއް ނުޖެހޭ. މީގެ ކުރިން މިރާއްޖޭގައި ހޫނު މޫސުމުގެ ދުވަސްތައް. ނާދޭ ތަ؟ ތިބުނި މޭ މަސް އެޕްރީލް މަސް ނައަންނަނިތަ؟
1 0

ފުޅިބައްތި

1 ޖޫން 2024
އޭސީގެ ބަދަލުގައި ވިހުރުވާ ފަންކާއެއް. ކަރަންޓު ދައް ކުރަން ފުޅިބައްތި
3 1

ނިހާ

1 ޖޫން 2024
ބިލް ކުރި މުއްދަތުގެ 15 ދުވަސް ރަށުގަ ނެތިން ފްރިޖް ފިޔަވާ ހުރިހާ އެއްޗަކުން ކަރަންޓް ކަނޑާލާފަ ދިޔައީ އެކަމަކު ވެސް ތިބުނަނީ ހަމަ ބޭނުން ކުރެވުނީއޭ ތަ؟ ދެން އޮތް 15 ދުވަހު ވެސް ދުވާލު ގޭގަ ނު އުޅޭ އެއްވެސް މީހަކު ދެން މާގިނަ ކަރަންޓް ސާމާނު ބޭނުން ކުރާ ގެއެއްވެސް ނޫން މީ، މިދެން ބޮޑުވަރު 1000ރ އިތުރު ވެފަ ވިއްޔާ
9 0

ޙެހެހެ

1 ޖޫން 2024
ގޮސް އެހެން މީހެއް ގާތު ތިޔަވާހަކަ ދައްކާ
13 1

ާއަރާމަގު ދޮންކަމަނަ

1 ޖޫން 2024
މީނާގެ މުސާރަ ކިހާވަރަކަށް ބޮޑުކޮށްލިބާ 🤔🤔🤔
15 0

އަހްމަދު

1 ޖޫން 2024
ބިލްކުރާ މުއްދަތު 30ދުވަހަށްވުރެ ކުރުކުރީމާ އަރާފައިސާގެ އަދަދު އެބަ ގިނަވޭ. އަހަރެންގެ ބިލުގައި މިމަހު ހިނގިކަމަށްއިނީ 492ޔުނިޓް. 28ދުވަހަށް ބިލްހެދީމާ އަގުހެޔޮކޮށްލިބެނީ 93ޔުނިޓް. ދެންއަނެއްބައި މިދަނީ ބޮޑުއަގަށް.މިހެންގޮސް 500ޔުނިޓުން މަތީގައި 25ޔުނިޓް ހިނގިކަމަށް ބިލްކޮށްފައި އެބައޮތް. އެކަމަކު 500ޔުނިޓް ނުވެސްހިނގާ. 30ދުވަހަށް ހެދީމާ 100ޔުނިޓްލިބޭ އަގުހެޔޮކޮށް. މިހުންނަނީ އޮޅުވާލުން.
12 1

ދުންތަރި

1 ޖޫން 2024
@އަހްމަދު 30 ދުވަހައް ، ވީމަ އޭގެ މާނައަކީ ދުވާލަކަށް 3.333 އަމިއްލަޔަށް ހިސާބު ހަދާލީމަ ވާނުވާ އިނގޭނެ
0 3

ބަކުރުބެ

1 ޖޫން 2024
ކަލޭމެން އޮޅުވާލާ އޮޅުވާލުން ހިތަށް އަރާފަވެސް ރޮވޭ ވަރުވޭ އަހަރުންނަށް. ވަގަށް ނުގޮވާ ވަރެއްނޫން. ހަމަ ކަރަންޓުން ވައްކަން
11 0

މަޑޭ

1 ޖޫން 2024
ކަރަންޓްް ބިލްް ބޮޑުކުރަންޖެހެނީ އެތަންތަނަށްް ނަގާާ ބޭކާރުު ސްޓާފުންގެެ މުސާރަަ ދޭން
16 0

ސްޓެލްކޯ ޒުވާން އިންޖިނިއަރ

1 ޖޫން 2024
ހަޤީގަތުގައި ވެސް ކަރަންޓްބިލްތަކުން ހުރީ ނޭނގޭ ގޮތަށް ސޮފްޓްވެއަރ ތެރެއިން ވައްކަންކޮށްފައި. ސްޓެލްކޯ ގެ ކޭސް ފުލޯ ދަށްކޮށް އުޅޭތީވެ، އެކަން ހަަމަޖެއްސުމަށް ކުރާ ކަމެއް.
15 0

ސްޓެލްކޯ ރައްޔިތު މީހާގެ އިންޖިނިއަރ

1 ޖޫން 2024
ހަބަރު ލިޔުނު މީހަކު އަހާލިނަމަ، އޭސީ ނުކޮށް ހުރި ތަންތަނުގެ ބިލް އިންތިހާ އަށް ބޮޑު ވެގެން އުޅެނީ ކީއްވެގެންތޯ؟
22 1

އަލްފާލިލް

1 ޖޫން 2024
@ސްޓެލްކޯ ރައްޔިތު މީހާގެ އިންޖިނިއަރ އޭސީނުކޮށްހުރީމަ ފަންކާގެ ފިޔަތަކަށް ކުރާލޯޑު ބޮޑުވެގެން.
10 0

ފެލާކޯ

1 ޖޫން 2024
@ސްޓެލްކޯ ރައްޔިތު މީހާގެ އިންޖިނިއަރ ފުރިޖު ހުރީމަ. އެނެތިއްޔާ ހީޓާރ، އެނެތިއްޔާ އަވަނާއި އިސްތިރި ހެހެ
10 1

ހަބީބު

1 ޖޫން 2024
@ސްޓެލްކޯ ރައްޔިތު މީހާގެ އިންޖިނިއަރ ކަރަންޓު ބޭނުން ކުރަނީ ކިހިނެއްތޯ ސްޓެލްކޯއަކުން ނުބަލާނެ. ސްޓެލްކޯއިން ބަލާނީ މީޓަރުގަ އިން އަދަދު. އަމިއްލައަށް ވެސް އެ ބެލޭނެ. މީޓަރުގަ އިން ވަރަށް ވުރެ ގިނައިން ބިލުގައި އިނިއްޔާ އެއީސްޓެލްކޯގެ މައްސަލަ. މީޓަރުގައި އިންވަރު ބޮޑިއްޔާ ކަރަންޓު ބޭނުންކުރެވެނީ ކިހިނެއްތޯ، ނޫނީ ކަރަންޓު ލޫޒްވަނީތޯ ބެލުމަކީ އަމިއްލަ ޒިންމާއެއް
2 0

ފަހުމީ

1 ޖޫން 2024
@ސްޓެލްކޯ ރައްޔިތު މީހާގެ އިންޖިނިއަރ ފަންކާގެ ފިޔަ ސާފުކޮށްލައްވާ.
0 0

ޙިރު

2 ޖޫން 2024
@ހަބީބު ހާދަ މޮޅޭ ވާއޮ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް