ފ. ނިލަންދޫ މަތިން ފެންނަ ފޮޓޯއެއް: މާދެލީގައި އަޅަން ނިންމި ފެކްޓަރީ ނިލަންދުއަށް ބަދަލު ކުރީ ކީއްވެގެން ކަމެއް ނުބުނޭ

މާދެލީގައި އަޅަން ނިންމާފައިވާ މަސް ފެކްޓަރީ ނިލަންދުއަށް ބަދަލުކޮށްފި

މާދެލި މަސްފެކްޓަރީ ނިލަންދުއަށް ބަދަލުކުރާ ސަބަބެއް އަދި ހާމައެއް ނުކުރޭ. މާދެލީގައި އަޅަން ނިންމާފައި އޮތީ 50 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަކާ އެކު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިން ދ. މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ފ. ނިލަންދުއަށް ބަދަލުކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފިޝަރީޒް މިނިސްޓްރީން އިއްޔެ "އެކްސް"ގައި ކުރި ޕޯސްޓެއްގައިވަނީ މެދު ރާއްޖޭގައި އަޅަން ނިންމާފައިވާ މަސް ފެކްޓަރީ ނިލަންދުއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

"..މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއާ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި،" އެމިނިސްޓްރީގެ ޓުވީޓުގައި ވެ އެވެ.

ތަފްސީލް - މާދެލީގައި އަޅަން ނިންމާފައި އޮތް މަސްފެކްޓަރީ ނިލަންދުއަށް ބަދަލުކުރި ސަބަބެއް ސަރުކާރުން އަދި އާންމެއް ނުކުރެ އެވެ.

އެ މަސްފެކްޓަރީ ނިލަންދުއަށް ބަދަލުކުރަން ނިންމާފައިވަނީ މާދެލި ހިމެނޭހެން ތިން ރަށެގައި މަސްފެކްޓަރީ އަޅަން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ، 'ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން' އާ އެ މަޝްރޫއުގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނިކޮށެވެ.

އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކުރީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތްތައް ވެސް ކުރާގޮތަށެވެ. 

އެކުއެކީގައި ހިންގަން އިއުލާނުކޮށްފައިވާ އަނެއް މަޝްރޫއުތަކަކީ:

  • ޅ. ފެލިވަރުގެ މަސް ކާރުހާނާ ބޮޑުކުރުން

  • ގދ. ފިޔޯރީގައި ގާއިމުކުރާ މަސް ކާރުހާނާއި ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް

އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ކުރިން ވިދާޅުވެފައިވަނ އެ މަސްފެކްޓަރީތަކުގެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭ ގާއިމުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

  • ފެލިވަރުގައި ގާއިމުކުރާނީ - 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް؛ މި މަސައްކަތަށް ދާނެ ކަމަށް އަންދާޒާކުރެވެނީ 50 މިލިއަން ޑޮލަރު 

  • ދ. މާދެލީގައި ގާއިމުކުރާނީ - 50 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއަކާ އެކު 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް؛ މި މަސައްކަތަށް ދާނެ ކަމަށް އަންދާޒާކުރެވެނީ 75 - 100 މިލިއަން ޑޮލަރުގެ އަދަދެއް

  • ގދ. ފިޔޯރީގައި ގާއިމުކުރާނީ - 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާ އެކު 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް؛ މި މަސައްކަތަށް ދާނެ ކަމަށް އަންދާޒާކުރެވެނީ 50 - 75 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް

އެނގުން މުހިންމު- މާދެލީގައި އަޅަން ނިންމި މަސް ފެކްޓަރީ ނިލަންދުއަށް ބަދަލު ކުރި އިރު އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒުގެ ކޮއްކޮ ފާތުމަތު ސައުދާ އެވެ. އޭނާއަށް އެ ގޮނޑިއަށް ވާދަ ކުރައްވަން ނިންމެވުމާ އެކު އެ އަތޮޅު މަގޫދޫގައި އެއާޕޯޓެއް އަޅައި މަސައްކަތުގެ %90 ނިމިފައިވަނިކޮށް ނިލަންދޫގައި ވެސް ވަނީ އެއާޕޯޓެއް އަޅަން ނިންމައި ބިންހިއްކުމުގެ މަސައްކަތް ފަށައިފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

އެއާޕޯޓް

6 މޭ 2024
ދައުރު %100 ނިމިފައިވާ އެއާޕޯޓެކޭ ޖެހިނަމަ އެއްނު😂

އިތުރު އާޓިކަލް

އިތުރު އާޓިކަލް