ހަންކެޑެ ބްރިޖުގައި މިހާރު ކުރަމުން އަންނަ ތާރުއެޅުމުގެ މަސައްކަތް. (ފޮޓޯ/ކޮންސްޓްރަކްޝަން މިނިސްޓްރީ)

ހަންކެޑެ

ހަންކެޑެ ބުރިޖުގައި ތާރުއަޅަން ފަށައިފި

މި މަޝްރޫއުގެ ދަށުން ބްރިޖް އަޅަނީ މަރަދޫން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމަށް ފަހު، އެ ހިއްކާ ތަނުގައި ތަނބު ޖަހައިގެން
29 އޭޕްރީލު 2024

އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީކުރަން ކުރީގެ ސަރުކާރުން ފެށި މަޝްރޫއުގައި ހިމެނޭ ބްރިޖުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރާ ހަންކެޑެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރީ، ޖެނުއަރީ 2023ގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ. އެ ތަން ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފަ އެވެ.

މި މަޝްރޫއުގެ ދަށުން ބްރިޖް އަޅަނީ މަރަދޫން ފެށިގެން ގައުކެނޑިއާ ހަމައަށް ހިއްކުމަށް ފަހު، އެ ހިއްކާ ތަނުގައި ތަނބު ޖަހައިގެންނެވެ.

އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް 7 އޮގަސްޓު 2023ގައި ވަނީ އެއްކޮށް ނިންމާފަ އެވެ.

ތަފްސީލު - ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ހަތަރު ލޭންގެ އެ ބްރިޖްގައި ތާރުއެޅުމުގެ މަސައްކަތް ފެށީ މި މަހު 18ގައި ކަމަށެވެ.

އޭގެ ތަފްސީލު ހިއްސާކޮށް މިނިސްޓްރީން ބުނި ގޮތުގައި:

  • އެ މަޝްރޫއުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓް ހިމެނޭ

  • ލިންކުގެ ދިގުމިން - 1.4 ކިލޯމީޓަރު

  • މިއަދާ ހަމައަށް ތާރު އަޅާފައިވަނީ 200 މީޓަރުގައި

ހަންކެޑެ މަޝްރޫއުގެ ޓައިމްލައިން:

  • ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރަން 2006ގައި، ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކުރި 

  • އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ ކުންފުނި ޖޫރިމަނާކޮށް، ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008ގައި ހަންކެޑެ ހަވާލުކުރި؛ އެ ކުންފުނިން ވެސް އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދޭ

  • އޭގެ ފަހުން، ޖޫން 2011ގައި ހަންކެޑެއާ ގުޅޭ ހުރިހާ ހައްގުތައް ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ސިންގަޕޫރުގެ ކުންފުންޏަކަށް ބަދަލުކުރި 

  • އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތަކެއް އާންމުކުރި 

  • އެ ކުންފުނިން ނިންމާފައި އޮތީ ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން

  • ޑޮލަޓަން ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2019ގައި

  • އެންމެ ފަހުން މިދިއަ ސަރުކާރުން ވަނީ ޖުލައި 2023ގައި ހަންކެޑެގައި ރިއަލް އެސްްޓޭޓް ޓޫރިޒަމް ކުރިއަށް ގެންދަން ނިންމައި އެ ތަން ފަންޑު މެނޭޖްމަންޓް ކުންފުންޏާ ހަވާލުކޮށްފައި

  • ހަންކެޑެ މަޝްރޫއު ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް