އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ހަންކެޑޭގައި ފަށާ މަޝްރޫއުގެ ކުރެހުމެއް

އައްޑޫ

ހަންކެޑެ މަޝްރޫއު އިއުލާންކޮށް، ޑިޒައިންއާ އެކު ދައްކާލައިފި

މިތަނުގައި ތަފާތު ރޭންޖުތަކުގެ 1،041 ކޮޓަރި ހުންނާނެ ކަމަށް ސަރުކާރުން ބުނޭ

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ، އައްޑޫ ހަންކެޑެ މަޝްރޫއު ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟- ސަރުކާރުގެ %100 ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީ ކުރާ މި މަޝްރޫއު އިއުލާން ކުރީ އެތަނުގެ ޑިޒައިނާ އެކުގަ އެވެ.

އައްޑުއަށް ބޮޑެތި ކުރިއެރުންތަކެއް އައިސް، ޓޫރިޒަމް ފުޅާކޮށްދޭނެ މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވެ އެވެ. އެތަން، ފަންޑު މެނޭޖްމަންޓް ކުންފުނިިން ފާހަގަ ކުރީ، ތަފާތު އެކި ރޭންޖުތަކުގެ، ތަފާތު ޑިޒައިންތަކަށް ހުރި ކޮޓަރިތަކެއްގެ ގޮތުގަ އެވެ.

https://twitter.com/mfmc_mv/status/1618844027272720384?s=12&t=bk3Asb6lx96nDvod8ZanLA

'ހަންކެޑެ- ހުރިހާ ގޮތަކުން ވެސް ތަފާތު މަންޒިލެއް،" މަޝްރޫއު އިއުލާންކޮށް، އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ސަރުކާރުން ބުނިގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން، އައްޑޫގައި ގިނަ ވަޒީފާތަކެއް އުފެދި، ކުރިއަށް ދިޔުމަށް ގިނަ މަގުތަކެއް ހުޅުވޭނެ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ހަންކެޑޭގައި ފަށާ މަޝްރޫއުގެ ކުރެހުމެއް

އެނގުން މުހިއްމު- އައްޑޫ މަރަދޫ އާއި ހިތަދޫއާ ދެމެދު އޮންނަ ހަންކެޑެ ރިސޯޓެއް ތަރައްގީ ކުރުމަށް 2006ގައި ވެސް ބަޔަކާ ހަވާލު ކުރި އެވެ. ދެ ފަހަރަށް ބަޔަކާ ހަވާލު ކުރި ނަމަވެސް އެ މަސައްކަތް ކުރިއަކަށް ނުދިޔަ އެވެ. އެންމެ ފަހުން ސަރުކާރުން، ރެއަލް އެސްްޓޭޓް ޓޫރިޒަމް އެތަނުގައި ކުރިއަށް ގެންދިޔުމަށް، މިދިޔަ މަހު ކުރީކޮޅު ކަނޑައަޅައި، ފަންޑު މެނޭޖްމަންޓާ އެ މަޝްރޫއު ހަވާލުކުރީ އެވެ.

ހަންކެޑޭގެ އިތުރުން، ކ. ގާފަރުގައި ވެސް އެ ފަދަ މަޝްްރޫއެއް ހިންގުމަށް ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް