ހަންކެޑެ އިން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކާ ނިންމާފައި (ފޮޓޯ./އެމްއެފްއެމްސީ)

ހަންކެޑެ

ހަންކެޑެ ހިއްކައި ނިންމައިފި

ރިއަލް އެސްޓޭޓަށް ތަރައްގީކުރާ ހަންކެޑެ މަޝްރޫއު ހިންގަނީ ޗައިނާގެ ބޭންކަކުން އެމްއެފްއެމްސީއަށް ނަގާފައިވާ 142 މިލިއަން ޑޮލަރުގެ ލޯނަކުން

 އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއުގެ ދަށުން އެ ރަށުން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކައި ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއު ވިލަރެސް ކުރަނީ ސަރުކާރު ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ. އެ ކުންފުނިން މިއަދު ޓުވިޓާގައި ބުނީ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން ހިއްކަން ނިންމާފައިވާ ބައި ހިއްކައި ނިންމާފައިވާ ކަމަށެވެ.

ތަފްސީލް - އައްޑޫ ހަންކެޑެ ވަކިކުރުމުގެ ގޮތުން ބްރިޖެއް އެޅުމަށް މަރަދޫން ފެށިގެން ގައުކެނޑިއާ ހަމައަށް ވަނީ ހިއްކައިފަ އެވެ.

ހަންކެޑެ ހިއްކުމުގެ މަސައްކަތް ވަނީ ނިންމާލާފައި (ފޮޓޯ/އެމްއެފްއެމްސީ)

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރާ ހަންކެޑެ މަޝްރޫއު ސަރުކާރުން އިއުލާނު ކުރީ، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން މިދިޔަ ޖެނުއަރީގައި ބޭއްވި ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ. އެ ތަން ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފަ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމްގެ ގޮތުގައި ހަންކެޑޭގައި ފަށާ މަޝްރޫއުގެ ކުރެހުމެއް
  •  މަޝްރޫއު ހިންގަނީ ޗައިނާގެ ބޭންކަކުން އެމްއެފްއެމްސީއަށް ނަގާފައިވާ 142 މިލިއަން ޑޮލަރުގެ ލޯނަކުން

  • މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ހަމަޖެހިފައިވޭ 

  • އެ ތަނުގައި ތަފާތު އެކި ރޭންޖުތަކުގެ، ތަފާތު ޑިޒައިންތަކަށް ކޮޓަރިތައް ހުންނާނެ

ހަންކެޑެ މަޝްރޫއުގެ ޓައިމްލައިން:

  • ހަންކެޑޭގައި ސިޓީ ހޮޓަލެއް ތަރައްގީކުރުމަށް 2006ގައި، ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކުރި 

  • އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ ކުންފުނި ޖޫރިމަނާކޮށް، ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008ގައި ހަންކެޑެ ހަވާލުކުރި؛ އެ ކުންފުނިން ވެސް އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދޭ

  • އޭގެ ފަހުން، ޖޫން 2011ގައި ހަންކެޑެއާ ގުޅޭ ހުރިހާ ހައްގުތައް ޑޮލަޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ސިންގަޕޫރުގެ ކުންފުންޏަކަށް ބަދަލުކުރި 

  • އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތައް ވެސް އާންމުކުރި 

  • އެ ކުންފުނިން ނިންމާފައި އޮތީ ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރުމަށް

  • ޑޮލަޓަން ޕްރައިވެޓް ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2019ގައި

  • އެންމެ ފަހުން މި ސަރުކާރުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ހަންކެޑޭގައި ރިއަލް އެސްްޓޭޓް ޓޫރިޒަމް ކުރިއަށް ގެންދިއުމަށް ނިންމައި އެ ތަން ފަންޑު މެނޭޖްމަންޓް ކުންފުންޏާ ހަވާލުކޮށްފައި

  • ހަންކެޑެ މަޝްރޫއު ދެ އަހަރުތެރޭ ނިންމާލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް