ޕީއެންއެފް ސެނެޓުގެ ފުރަތަމަ ބައްދަލުވުން. (ޓުވިޓާ ފޮޓޯ/މުހައްމަދު މަލީހު ޖަމާލް)

ޕީއެންއެފް

ޔާމީންގެ ރިޔާސަތުގައި ޕީއެންއެފްގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފި

ޕީއެންއެފް ރަޖިސްޓްރީ ކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްވެ، އުފެއްދެވި ޕީޕަލްސް ނޭޝޭނަލް ފްރޮންޓް (ޕީއެންްއެފް)ގެ ފުރަތަމަަ ސެނެޓް ބައްދަލުވުމުން، އެމަނިކުފާނުގެ ރިޔާސަތުގައި އިއްޔެ ބާއްވައިފި އެވެ.

ވީ ކިހިނެއް؟  -  އެ ބައްދަލުވުން އިއްޔެ ވަގުތެއްގައި ބޭއްވިކަން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް މަލީހް ޖަމާލު ރޭ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.

ބުނީ ކީކޭ؟ - "ޕީއެންއެފްގެ ތާރީހީ ފުރަތަމަ ސެނޭޓް ބައްދަލުންވަނީ މިއަދު ބޭއްވިފައި. އަސާސީ ގަވާއިދުގައިވާ ހަތަރު ކޮމިޓީއަކަށް ބޭފުޅުން އިންތިހާބުކުރެވުނު. މީގެ ތެރޭ ސުލޫކީ، އިސްތިއުނާފު، އީސީ އަދި މެމްބަރު އެފްއާޒް ކޮމިޓީ ހިމެނޭ،" މަލީހް ވިދާޅުވި އެވެ.

ޔާމީން އެ ބައްދަލުވުމުގެ ރިޔާަސަތު ބެލެހެއްޓެވީ، "ސެނެޓްގެ ރުހުމާ އެކު" ކަމަށް މަލީހު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޔާމީީންއަކީ އެ ޕާޓީގެ ސެނެޓް މެންބަރެކެވެ. މަލީހް ހާމަކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ޔާމީންގެ އަރިހުގައި ރިޔާސަތު މޭޒުގައި އެ ޕާޓީގެ ރައީސް އަދި އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން ވެސް އިންނެވި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ކޮމެންޓް (3)

profile-image-placeholder

މީހުން

29 އޭޕްރީލު 2024
މި އާޓިކަލް ފޮޓޯ އިން ފެނަނީ 1- ޔާމީން ސަރުކާރު ބަދަލުކޮށް، އެމް.ޑީ.ޕީ އިންފޮމޭސަން މިނިސްޓަރ .(މަޤާމެއް ދޭއިރަށް މީނަ ގެއްލޭނެ) 2. ޔާމީން މަރާލަން، ލޯންޗް ގޮއްވާލި ބޮޑީ ގާރޑް (ސިފައިންގެ ޗީފުކަން ނުކުރެވިގެން މޮޔަވެފައި) ބޮން ގޮއްވިމައްސަލަ އާއި ގުޅިގެން ވަކިކުރި ފުލުހުންގެ ކޮމިސްނަރު ފެންނާކަށް ނެތް އިޚްލާސް ތެރިކަން ހައްދުންނެތްޓިފައި މިހާރު މާ ޔާމީން ވެގެން، އެހެން ކޮޅަކުން ބަލައި ނުގަންނާތީ

ސިކުނޑި

28 އޭޕްރީލު 2024
ޕީއެންއެފް އިން ނިކުމެ ޕީއެންސީއާއި ޕީޕީއެމް ނަގާތަން ދާދި އަވަހަށް ފެންނާނެ!

ހުވަފެން

29 އޭޕްރީލު 2024
@ސިކުނޑި ހުވަފެން ބަލަންވާނެ. މިފަހަރު މަޖިލީހަށް ވެސް ތި ފޮޓޯ ޖެހި ކެނޑިޑޭޓުން ނެރުނު. 10 ވޯޓް އެންމެ ގިނައިން ލިބިފަ އޮތީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް