ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފައްދާ ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ޖަލްސާ (ދައުރު ފޮޓޯ/ އަޒްމީ)

ޕީއެންއެފް

ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށްދީފި

ޕީއެންއެެފް އުފެއްދުމަށް މި މަހުގެ 10ގައި ބޭއްވި ޖަލްސާގައި ޕާޓީގެ ވަގުތީ ރައީސަކަށް އައްޔަނު ކުރީ ޔާމީންގެ ދަރިކަލުން ޒެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިސްކޮށް ހުންނަވާ އުފެއްދި ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދީފި އެވެ.

ވީ ކިހިނެއް؟ - އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ވަނީ ޕާޓީ ރަޖިސްޓްރީކޮށް އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދޫކުރި ލިޔުން އާންމުކުރައްވައިފަ އެވެ.

ޕާޓީގެ މަސްއޫލުވެރިޔަކީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.

ތަފްސީލް - ޕީއެންއެފް އުފެއްދުމަށް މި މަހުގެ 10 ވަނަ ދުވަހު ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާ އެ ތަނުގައި ނުބޭއްވި އެންމެ ފަހުން ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދުގަ އެވެ. ފުލުހުން ފޮނުވައިިގެން ޖަލްސާ ހުއްޓުވުމުގައި ހަމަނުޖެހުން ވެސް ހިނގި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ފުލުހުން ފޮނުވަން ޖެހުނީ ގިޔާސުއްދީނުން ފުރަތަމަ ހުއްދަ ދީފައި ފަހުން އެ ހުއްދަ ބާތިލްކުރުމުން ވެސް ޕީއެންއެފްގެ މެމްބަރުން އެ ސްކޫލްގެ ހޯލަށް ވަދެ ޖަލްސާ ބާއްވަން އުޅުމުންނެވެ. އެކަމަކު ޕީއެންއެފުން ބުނީ ޖަލްސާއަށް ހުރަސް އެޅީ ސަރުކާރުން ގަސްދުގައި ކަމަށެވެ.

"އުފައްދާ ޖަލްސާ ހުއްޓުވަން ކަރަންޓް ނުދީ ސަރުކާރުން އަސޭމިރުހާ އެތައް މެމްބަރުންނަށް ކުރީ އަނިޔާ. އެންމެ ފަހުން ރާޅުގަނޑު ގޮނޑުދޮށަށް ޕާޓީ އުފަންކުރުވަން ޖެހުނީ،" ޕާޓީގެ ރަޖިސްޓްރީއާ އެކު އެކްސްގައި މަލީހު ލިއުއްވި އެވެ.

"އެއީ މާޒީ. ޕާޓީ ދާނީ ކުރިއަށް ވަރުގަދަކޮށް. މަރުހަބާ ރައީސް ޔާމީން."

އެ ޕާޓީގެ ވަގުތީ ސެނެޓު ވެސް އެ ރޭ ވަނީ އެކުލަވާލައިފަ އެވެ. ޖުމްލަ 20 ބޭފުޅުން ހިމެނޭ ގޮތަށް ފާސްކޮށްފައިވާ ޕީއެންއެފްގެ ވަގުތީ ސެނެޓުގައި ހިމެނިވަޑައިގަންނަވަނީ:

  • 1-

    ކުރީގެ ރައީސް އަބްދުﷲ ޔާމީން

  • 2-

    ޒެއިން އަބްދުﷲ ޔާމީން

  • 3-

    ޑރ. މުހައްމަދު ޖަމީލް އަހުމަދު

  • 4-

    މުހައްމަދު މަލީހު ޖަމާލް

  • 5-

    މުހައްމަދު ޝަވީދު

  • 6-

    ޑރ. އަބްދުﷲ އިބްރާހިމް

  • 7-

    ޑރ. ޖިހާދު ހަސަން

  • 8-

    ހުސައިން ވަހީދު

  • 9-

    އަހުމަދު މުސްތަފާ މުހައްމަދު

  • 10-

    އަހުމަދު ފަޔާޒު

  • 11-

    އަލީ ޝިޔާން ނާޝިދު

  • 12-

    އަބްދުﷲ ހުސައިން

  • 13-

    އަދުލީ އިސްމާއިލް

  • 14-

    އަނީސާ ސައީދު

  • 15-

    އައިޝަތު ހަފީޒު

  • 16-

    ފާތިމަތު ރަހުމާ

  • 17-

    އައިމިނަތު ސައީދާ

  • 18-

    އަބްދުﷲ ޝަހީލު ޖަލީލު

  • 19-

    މުހައްމަދު އަބްދުއްލަތީފް

  • 20-

    އަބްދުﷲ އަހުމަދު

ސެނެޓުގެ އިތުރުން ޕާޓީގެ ވަގުތީ ހަތަރު މަގާމަށް އެ ޖަލްސާގައި ނަން ފާސްކޮށްފައިވެ އެވެ. އެ ހަތަރު މަގާމަކީ:

  • 1-

    ޕާޓީގެ ރައީސް: ޒެއިން އަބްދުالله ޔާމީން

  • 2-

    ސެކްރެޓަރީ ޖެނެރަލް: މުހައްމަދު މަލީހު ޖަމާލް

  • 3-

    ޓްރެޝަރާ: އަހުމަދު މުސްތަފާ މުހައްމަދު

  • 4-

    ރަޖިސްޓްރާ: އަލީ ޝިޔާން ނާޝިދު

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް