އދ. ގެ ސަލާމަތީ މަޖިލީހުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަނީ. ގަތުލުއާއްމާ ދެކޮޅަށް 40 އަހަރު ކުރިން ސޮއިކުރި މުއާހަދާގެ ފައިދާ މިއަދު ކުރާ ކަމަށް ޑރ. ޝަހީދު ވިދާޅުވި

ފަލަސްތީން

ފަލަސްތީނުގެ ހައްގުގައި ރާއްޖެ: މީގެ 40 އަހަރު ކުރިން ރާއްޖެއިން ސޮއިކުރި މުއާހަދާއަކީ އެކަމަށް ހުޅުވުނު ދޮރެއް

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ 1984ގައި ތިން މުއާހަދާއެއްގައި ސޮއިކުރުމަކީ ކުރީގެ ރައީސް މައުމޫން އެޅުއްވި އާދަޔާހިލާފު ފިޔަވަޅެއް ކަމަށް

އިއްޔެއަކީ އިންސާނީ ހައްގުތަކާ ގުޅޭ މުއާހަދާއެއްގައި ރާއްޖެއިން ފުރަތަމަ ސޮއިކުރިތާ 40 އަހަރު ފުރުނު ދުވަހެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަޑު އުފުލަން ރާއްޖެއަށް ހުޅުވުނު ދޮރެއް ވެސް މެ އެވެ.

ވީ ކިހިނެއް؟ - ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ގަބޫލުކުރައްވާ ގޮތުގައި ގަތުލު އާއްމު ހުއްޓުވުމާ ގުޅޭ މުއާހަދާގައި 24 އެޕްރީލް 1984ގައި ރާއްޖެއިން ސޮއިކުރީ ވެސް ލުބުނާނުގައި އުޅުނު ފަލަސްތީނުގެ ރެފިއުޖީންގެ އެތައް ސަތޭކަ ބަޔަކު ގަތުލުކުރި ސަބްރާ އާއި ޝަތީލާ ގަތުލު އާންމަށް ފަހު އެވެ.

މިއީ ލުބުނާންގެ ހަތިޔާރު އެޅި ނަސާރާއިންގެ ބަޔަކު ކުރި ކަމެއް ނަމަވެސް އެ އަނިޔާވެރިކަމަށް އިޒްރޭލް ސިފައިންގެ އެއްބާރުލުން ލިބުނެވެ.

ތަފްސީލް: ޝަހީދު ވިދާޅުވި ގޮތުގައި އިޒްރޭލުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓުގައި ކުރިއަށް ދާ މައްސަލަތަކުގައި ރާއްޖެއަށް ބައިވެރިވެވެނީ 1982ގައި ސޮއިކުރި ބައިނަލްއަގުވާމީ ތިން މުއާހަދާގެ ސަބަބުންނެވެ. 

އެ ފަހަރު ސޮއިކުރީ:

  • ގަތުލު އާއްމު ހުއްޓުވުމާއި އަދަބު ދިނުމުގެ މުއާހަދާ

  • ހުރިހާ ބާވަތެއްގެ ނަސްލީ ތަފާތުކުރުން ނައްތާލުމުގެ ބައިނަލްއަގްވާމީ މުއާހަދާ

  • ނަސްލު ނައްތާލުން ހުއްޓުވުމާއި އެ ކުށަށް އަދަބު ދިނުމުގެ ބައިނަލްއަގްވާމީ މުއާހަދާ

އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ނަސްލު ނައްތާލަން ހިންގަމުންދާ އަމަލުތަކަށް އިންސާފު ހޯދަން، ބައިނަލްއަގްވާމީ ކޯޓަށް ދެ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެ ދެ މައްސަލައަށް ވެސް ދިވެހި ސަރުކާރުން ތާއީދުކުރެ އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ އެ ދެ މައްސަލައަށް ތާއީދު ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަނީ އެ ފުރުސަތުގެ ބޭނުން ހިފައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝަހީމް ގަބޫލުކުރައްވާ ގޮތުގައި، ބައިނަލްއަގްވާމީ ކޯޓުގައި ފަލަސްތީނަށް ތާއީދު ކުރުމުގެ ފުރުސަތު ދިވެހި ސަރުކާރަށް ލިބުނީ، މީގެ 40 އަހަރު ކުރިން، އޭރުގެ ރައީސް މައުމޫން އެޅުއްވި މި އާދަޔާހިލާފު ފިޔަވަޅުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުން އެ މުއާހަދާތަކުގައި ސޮއިކުރީ 1982ގައި ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ލުބުނާންގައި ހިންގި ބޮޑު ގަތުލުއާއްމާ ގުޅިގެންނެވެ.

'ސަބްރާ އަދި ޝަތީލާ ގަތުލުއާއްމު'ގެ ނަމުގައި މަޝްހޫރުވެފައިވާ އެ ގަތުލު އާއްމުގައި ފަލަސްތީނާއި ލުބުނާނުގެ 700-3،500 މީހުން މަރާލި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް