އުކުޅަހަށް ދޭން ނިންނި ވަނގާރު، އެ ރަށާ ޖެހިގެން (ސްކްރީން ޝޮޓް ގޫގްލް މެޕް)

ރައީސް އޮފީސް

އުކުޅާހާއި ތުރާކުނަށް ދެ ސަރަހައްދެއް ދީފި

އެ ދެ ރަށުގެ އިހްތިސާސްގެ ތެރެއަށް މި ދެ ސަރަހައްދު ކަނޑައެޅީ، ރައީސްގެ ގަރާރަކުން

އއ. އުކުޅަސް އަދި ހއ. ތުރާކުނަށް ދެ ސަރަހަށްދެއް ދިނުމަށް ނިންމައި، އެ ތަންތަން އެ ދެ ރަށު ކައުސިލްގެ އިހްތިސާސްގެ ގޮތުގައި ސަރުކާރުން ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ކަނޑައެޅީ، ރައީސް މުހައްމަދު މުއިއްޒު އެކަމަށްޓަކައި ނެރުއްވި ހާއްސަ ގަރަރާކުންނެވެ. އެ ދެ ގަރާރު މިހާރު ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފަ އެވެ.

ތަފްސީލު - އުކުޅަހަށް ކަނޑައަޅާފައި ވަނީ، ގަލަގިލި ފަޅެވެ. އަދި ހއ. ތުރާކުނަށް ކަނޑައެޅީ، އެ ރަށާ ޖެހިގެން އޮންނަ ވަނގާރު ނަމަކަށް ކިޔާ ފަޅު ރަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވެސް އެ ދެ ރަށަށް އެ ދެ ސަރަހައްދު ދިނުމަށް ވާހަކަ ދެކެވުނެވެ އެވެ. އެގޮތުން:

  • ތުރާކުނު ކައުންސިލް އިހްތިސާސް ތެރޭ ވަނގާރު ހިމަނައިދެއްވާނެ ކަމަށް މިދިޔަ އަހަރު ޖުލައި މަހު ރައީސް ސޯލިހް ވަނީ ވިދާޅުވެފައި

  • ގަލަގިލި، އުކުޅަހުގެ އިހްތިސާސް ތެރޭގައި ހިމަނައިދިނުމަށް އެ ރަށުގެ ކައުސިންލުން އޮކްޓޫބަރު 2021ގައި އޮތީ އެދިފައި؛ އެކަމަށް އެމަނިކުފާނުގެ އުންމީދީ ޖަވާބެއް އޭރު ދިން ކަމަށް ކައުންސިލުން ބުނެފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް