ލ. ފޮނަދޫ، 11 އޭޕްރީލް 2024 - ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަށް ޗައިނާގެ ސީއޭއެމްސީއީއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުން (ފޮޓޯ/ރައީސް އޮފީސް)
ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ޗައިނާގެ ސީއޭއެމްސީއީ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ޗައިނާގެ ސީއޭއެމްސީއީއާ އެކު އެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ނުވަތަ ފަހުމުނާމާއެއްގައި މިރޭ ސޮއިކޮށްފި އެވެ.
ތަފްސީލު - ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން ލ. ފޮނަދޫގައި ބާއްވަމުން އަންނަ ޖަލްސާއެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްކަޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އާއި ސީއޭއެމްސީއީ ޖެނެރަލް މެނޭޖަރު ލީ އެވެ.
މި އެއްބަސްވުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގުން މުހިއްމު - ކައްދޫ އެއާޕޯޓު އިންޓަނޭޝަަނަލް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.