ހުޅުމާލެ ފޭސް 3ގެ ބައެއް މަސައްކަތްތައް ޗައިނާގެ ސީއެމްއީސީއާ ހަވާލުކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއި ކުރުމަށް އެޗްޑީސީން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސްވެރިން އެއްބަސްވުން ބަދަލު ކުރައްވަނީ.

އެޗްޑީސީ

ހުޅުމާލެ ފޭސް 3ގެ ބިނާވެށި ތަރައްގީ ކުރުމަށް ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ވެސް މި އަހަރު ކުރީކޮޅު އެ ކުންފުންޏާ ހަވާލުކޮށްފައިވޭ

ހުޅުމާލެ ފޭސް 3ގެ ބިނާވެށި ތަރައްގީކުރުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮންސްޓްރަކްޝަން (ސީއެމްއީސީ)އާ އެކު އެޗްޑީސީން ފަހުމުނާމާއެއްގައި (އެމްއޯޔޫ) މިއަދު ސޮއިކޮށްފި އެވެ.

ތަފްސީލު - މި މަޝްރޫއުއާ ގުޅޭ ގޮތުން އެޗްޑީސީން ނެރުނު ކުރު ނޫސް ބަޔާނެއްގައިވާ ގޮތުން:

  • މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް 3ގެ ކަރަންޓް ނެޓްވޯކްގެ މަސައްކަތް ފުރިހަމަކުރާނެ

  • އެ ސަރަހައްދުގައި ގިގަބިޓް ޕެސިވް އޮޕްޓިކް ނެޓްވޯކް (ޖީޕޮން) އަޅާނެ

  • މަގުތައް ތަރައްގީ ކުރާނެ

"މަގުތައް ތަރައްގީ ކުރެވިގެންދާނީ، އަލިފާނުގެ ހާދިސާތަކުންނާއި ފެނާއި ނަރުދަމާގެ ނިޒާމް ވެސް އިތުރަށް ފުރިހަމަ ވާނެހެން،" އެ ބަޔާނުގައިވެ އެވެ.

މި މަޝްރޫއުގެ އަގެއް އެޗްޑީސީން އަދި ހާމައެއް ނުކުރެ އެވެ.

ފާހަގަކޮށްލެވޭ - ސީއެމްއީސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2ގައި ގާއިމް ކުރި ހިޔާ ފްލެޓްތަކުގެ ވެސް ކޮންޓްރެކްޓަރެވެ. އަދި މި ސަރުކާރުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރަސްމާލެ މަޝްރޫއު އާއި ގުޅިފަޅުގެ ބައެއް މަސައްކަތްތައް ސީއެމްއީސީއާ މި އަހަރުގެ ކުރީކޮޅު ހަވާލުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް