ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަތައް ބާއްވަވައި އެއްބަސްވުންތަކުގައި ސޮއިކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

ރަސްމާލެ އާއި ގުޅީފަޅުގެ މަގުތަކާއި އާސާސީ ހިދުމަތްތައް ގާއިމްކުރަން ޗައިނާގެ ސީއެމްއީސީއަށް

އެއްބަސްވުމުގެ ދަށުން ސީއެމްއީސީން ޖެހޭނީ ރަސްމާލެ އާއި ގުޅީފަޅުގެ މަގުތައް ހަދައި އެ ތަނުގައި މީހުން އާބާދުވާން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރަން ބޭނުންވާ ފައިސާ ހޯދައި އެ މަސައްކަތް ކުރަން
11 ޖެނުއަރީ 2024

މި ސަރުކާރުން ފުށިދިއްގަރުގަޅު ހިއްކައިގެން ތަރައްގީކުރާ އާ ސަހަރު، ރަސްމާލެ އަދި ގުޅިފަޅުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގަ އެވެ. އެގޮތުން އެ ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި: 

  • އެ މަސައްކަތްތައް ކުރަން ސޮއިކޮށްފައި ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ ގްރޫޕް)އާ 

  • ސަރުކާރުގެ ފަރާތުން އެ އެގްރިމަންޓުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު 

ތަފްސީލް - އެ އެއްބަސްވުމާ ގުޅޭ ގޮތުން ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ދަށުން ސީއެމްއީސީން ޖެހޭނީ ރަސްމާލެ އާއި ގުޅީފަޅުގެ މަގުތައް ހަދައި އެ ތަނުގައި މީހުން އާބާދުވާން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކުރަން ބޭނުންވާ ފައިސާ ހޯދައި އެ މަސައްކަތްތައް ކުރުމެވެ.

  • އެ އެގްރިމަންޓުގެ ސީދާ ޖުމްލަ އަގެއް ސާފެއް ނުވި

  • ރައީސް އޮފީހުން ބުނީ އެކަމުގެ މައުލޫމާތު ފަހުން އާންމު ކުރާނޭ ކަމަށް

އެނގުން މުހިންމު - ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގެ ގޮތުގައި ޗައިނާއަށް ކުރައްވާ ދަތުރުގައި އިއްޔެ ވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު ރާއްޖެ-ޗައިނާއިން 20 އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް