ކޮމިޝަނަރަކަށް ހަމީދު ހުންނެވިއިރު، ފުލުހުން ބޭއްވި ހަރަކާތެއްގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުންގެ އޮޕަރޭޝަންތަކަށް ގޮތް ވިދާޅުވުމަކީ ރައީސަކަށް އޮންނަ ބާރެއް ނޫން: ކުރީގެ ސީޕީ

ހަމީދު މިގޮތަށް ވިދާޅުވެފައި ވަނީ ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާ އާ ގުޅިގެން ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ނުރުހުން ފާޅުކުރައްވައި ރައީސް މުހައްމަދު މުއިއްޒު ވާހަކަ ދައްކަވާފައި ވަނިކޮށް

ފުލުހުންގެ އޮޕަރޭޝަންތަކާ ބެހިވަޑައިގަތުމަކީ ގައުމުގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އޮންނަ ބާރެއް ނޫން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ފަސް އަހަރު ފުލުހުންގެ މުއައްސަސާގެ އިސްވެރިޔަކަށް ހުންނެވުމަށް ފަހު، މިހާރު ހިދުމަތުން ރިޓަޔާ ކުރައްވާފައިވާ ހަމީދު މިގޮތަށް ވިދާޅުވީ ރޭ ގިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތް ކުރި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ހުރަސްއަޅައި މުޒާހަރާ ރޫޅާލުމުގައި އަމަލުކޮށްފައިވާ ގޮތާ މެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުން ފާޅުކުރައްވާފައި ވަނިކޮށެވެ. އެގޮތުން:

  • ފުލުހުންގެ އަމަލުތަކުގެ ސަބަބުން ސަރުކާރަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރައީސް މިއަދު ވިދާޅުވި ގޮތުގައި، އެސްއޯ ފުލުހުން އެތަނަށް ގޮސްފައި ވަނީ އެމަނިކުފާނު ދެއްވާފައިވާ އިރުޝާދާ ހިލާފަށް

  • އެކަން ހިނގި ގޮތް ބެެއްލެވުމަށް ފަހު ތަހުގީގެއް ހިންގުމަށް ވާނީ އަންގަވާފައި ކަމަށް ރައީސް ވިދާޅުވި

  • އެ ތަހުގީގަށް ފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި

ރައީސް އެގޮތަށް ވިދާޅުވި ފަހުން، ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނުސީދާ ގޮތެއްގައި އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ބުނީ ކީކޭ؟ - އެ ޕޯސްޓުގައި ހަމީދު ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާގެ މަސްއޫލިއްޔަތުތައް އޮންނަނީ ކޮމިޝަނަރު އޮފް ޕޮލިސްއަށެވެ. އަދި "ޑިޕްލޮއިމެންޓް" ނުވަތަ ފުލުހުން ތަންތަނަށް ފޮނުވަން ޖެހޭ ހާލަތްތައް ފަދަ އޮޕަރޭޝަނަލް ނިންމުންތަކަކީ ފުލުހުންގެ ތެރޭގައި ގާއިމުކޮށްފައިވާ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާތަކާއި ސިޔާސަތުތަަކާއި ޕްރެޓިސްތަކުގެ މައްޗަށް ނިންމާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި ދެންވެސް ގުޅުން ހުރި ގާނޫނުތަކުގެ މައްޗަށް ކަމަށް ވެސް ހަމީދު ފާހަގަ ކުރެއްވި އެވެ.

"ފުލުހުންގެ އޮޕަރޭޝަންތައް ހިންގަންވާ ގޮތް ބުނެދިނުމަކީ އިންތިހާބީ ރައީސަށް ލިބިގެންވާ އިހްތިޔާރުގެ ބޭރުން ހިނގާ ކަމެކެވެ. އޮޕަރޭޝަނަލް އިންޑިޕެންޑެންސްގެ ކޮންސެޕްޓްގައި ބާރުއަޅަނީ އިންތިހާބުވެފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ފުލުހުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ." ހަމީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ ގާނޫނު އޮންނަ ގޮތުން ފުލުހުންގެ ޑެއިލީ ޑޭޓުޑޭ އޮޕަރޭޝަންތަކަށް ރައީސް އާއި މިނިސްޓަރަށް ބަސް ބުނުގެ ބާރެއް ނޯވެ އެވެ. އޭގެ ބަދަލުގައި މިނިސްޓަރަށް އޮންނަނީ ސިޔާސަތު ކަނޑައަޅުމެވެ. ފުލުހުންނަށް އޮންނަނީ އެ ސިޔާސަތުތުކުގެ މައްޗަށް އަމަލު ކުރުމެވެ. އެ ގާނޫނު ފަރުމާކޮށްފައި ވަނީ ހަމީދު އެ ފާހަގަކުރެއްވި އޮޕަރޭޝަނަލް އިންޑަޕެންޑެންސް ކޮންސެޕްޓަށެވެ.

ކޮމެންޓް (3)

profile-image-placeholder

ހޯ ހޯ އަހުމަދު

11 އޭޕްރީލު 2024
ސޭކުސްތާން ޱުރާމާ ބެލީމާ ފެންނާނެ މިހިނގާ ހުރިހާކަމެއް ވ ސާފުކޮށް. ޖަލުގަ އަނިއާ ކުރީމަ ރައީސް ޒިންމާވާންޖެހޭ؟ ވުޒާރާ ތަކުން ވައްކަން ކުރީމަ ރައީސް ޒިންމާވާންޖެހޭ؟ ކޯޓް ތަކުން ކުރާ ހުކުމް ރައީސް ޒިންމާ ވާންޖެހޭ؟

ލެވެލް ފޯޓީޓޫ

11 އޭޕްރީލު 2024
ހަމީދު ކަލޭ ފުލުހުންގެ ވެރިޔަކައްލީ އިބޫ ކަލެޔާ އިބުރާހީމާ ދެމީހުން ކާވެނި ކޮއްގެން އުޅެނީ ސިއްކަގެ ދެދަރިންނާ ކަލޭ ފުލުސް އޮފީސް ހިންގިގޮތާ ކަލޭގެ ބަސްމަގު ހުރިގޮތް ސާފުވާނެ ނިމިދިޔަ ފަސްއަހަރުގެ ސޯޟަލް މީޑިޔާ ހާވާލަބަލަ ދެލޯ ދުންމާރި އަނގަގަޅަން ލަދުކޮބާ

މޮޑަފް

10 އޭޕްރީލު 2024
އަނެއްކާވެސް އަތަށް ގޮއްވާލީ. ޑޮކްޓަރެއް ވިޔަސް ހުރިހާ ކަމެއް ނޭނގޭނެ. އަމުދުން ގާނޫނީ ގޮތުން ވަރަށް ދަށުގައުޅެނީ. ކީއްކުރާނީ. ހުރިހާ ރައިސުންގެ ތެރެއިންވެސް އެބައިގެ އެންމެ ތަޖްރިބާމަދު ރައީސް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް