ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ނުކުމެ އަޑުއުފުލަނީ

ކުށްކުރުން

ކުރި އަނިޔާއަށް އަދަބު ލިބެން ޖެހޭ ކަމަށް ބުނެ އާއިލާއިން މާފަށް އެދެފި

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އާއިލާއިން ވަނީ ބުލީ ކުރުމާއި އަނިޔާ ކުރުމާ ދެކޮޅު ކަމަށް ބުނެ މާފަށް އެދިފައި

އއ. ރަސްދޫ މިސްކިތުގެ ފާާހާނާތެރޭގައި ކުޑަކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލައިގައި، އެކަމުގައި ޝާމިލްވި އެއް ކުއްޖެއްގެ އާއިލާއިން މާފަށް އެދެފި އެވެ.

ވީ ކިހިނެއް؟- މިދިޔަ ހުކުރު ދުވަހުގެ ރޭ، ރަސްދޫ މިސްކިތުގެ ފާހާނާ ތެރޭގައި 12 އަހަރުގެ ކުއްޖަކަށް އަނިޔާކޮށްފައިވަނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން، އެތައް ފަހަރަކު އެ ކުއްޖާގެ ގައިގައި ޖަހާތަން ފެނެ އެވެ. ކަނދުރާމަތީގަ އާއި ބޮލުގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލަ އެވެ.

މި މައްސަލަ ހޫނުވުމާ އެކު މާލެއިން ފުލުހުންގެ ޓީމެއް ރަސްދުއަށް ގޮސް ދަނީ، ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުންނެވެ.

އެއާ އެކު ރޭ ވަނީ، މި މައްސަލާގައި ހިމެނޭ 14 އަހަރުގެ ފިރިހެން ކުއްޖާގެ އާއިލާއިން މާފަށް އެދި ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.

އެ ޕޯސްޓުގައި ބުނީ:

  • އެ ކުއްޖާގެ އަމަލު އާއިލާއިން ހަރުކަށިކަމާ އެކު ކުށްވެރިކުރާ ކަމަށް، އަދި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް

  • އަނިޔާވި ކުއްޖާއަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ ގެއްލުމަކީ އުމުރުދުވަހު ހިތުގައި ހުންނާނެ ކަންތައްތަކެއްކަން ދަނެ އެކަމާ މި އާއިލާއިން ހިތާމަ ކުރާކަމަށް

  • އެހެން، އަނިޔާ ލިބުނު ކުއްޖާ އާއި އޭނާގެ އާއިލާގެ ކިބައިން މާފަށް އެދޭ ކަމަށް

ކުޑަކުއްޖާއަށް ކުރާ އަނިޔާތަކާ ދެކޮޅަށް، ފޭސްބުކްގެ ޕޭޖަކުން ކުރި ޕޯސްޓަކަށް، 14 އަހަރުގެ ކުއްޖާގެ އާއިލާގެ އެހެން ކުއްޖަކު ވެސް ވަނީ ރައްދު ދީ، އެކަމަށް ހިތްވަރުދީ ވާހަކަ ދައްކާފަ އެވެ. އުމުރުން 18 އަހަރު ނުފުރޭ އެ އަންހެން ކުއްޖާ، އަނިޔާ ލިބުނު ކުއްޖާއަށް މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އެކަމަށް ވެސް އެ އާއިލާއިން މާފަށް އެދުނެވެ.

"މުޖުތަމައަށް މި އާއިލާ ސިފަވެފައިވަނީ ހަނގާކުރުމަށް ހިތްވަރުދޭ އާއިލާއެއް ގޮތުގަ އެވެ. އެކަމަކު އޭނާ ބުނެފައިވާ އެ ވާހަކަތަކަކީ މި އާއިލާއިން މި މައްސަލައާ މެދު ދެކޭ ގޮތެއް ނޫނެވެ." 14 އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ ޓެގްކޮށް، އާއިލާގެ އެހެން މީހަކު ލިޔުނު ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި ބުނީ:

  • ކުޑަކުއްޖާ ކުރި އަމަލަށް އަނިޔާ ލިބެން ޖެހޭނެ ކަމަށް

  • އަދި އެކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އާއިލާއިން އެއްބާރުލުން ދޭ ކަމަށް

  • އާއިލާއިން އެދެނީ، ކުޑަކުއްޖާ އަލުން ރަނގަޅު ގޮތުގައި އާއްމުންގެ ތެރެއަށް ނެރުމަށް، މުޖުތަމައު އާއި ކަމާ ގުޅޭ އިދާރާތަކުން އެއްބާރުލުން ދިނުމަށް

އެނގުން މުހިއްމު- ރަސްދޫގެ މި މައްސަލައާ ގުޅިގެން، ކަމާ ގުޅޭ މުއައްސަސާތަކުން ރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ. އެގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކަށް ޒިންމާވާން ޖެހޭ އުމުރު، 15 އަހަރުން، 12 އަހަރަށް ދަށް ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް (5)

profile-image-placeholder

ޖަބެ

8 އޭޕްރީލު 2024
މައިންބަފައިންގެ ތަރުބިއްޔަތު މިފެންނަނީ މިމީހުންނަކައް ދަރިންބުމުގެ ޤާބިލްކަމެއްނެތް ދައުލަތުގެ ބެލުމުގެދަށައް މިހާރުން މިހާރައް ނަގަންވީ، އަދި އެމައިންބަފައިން ކުދިންބެކުމުގެ ޤާބިލްކަން ހުރިތޯބެލުމައް ޕްރޮގުރާމެއްވެސް ހިންގަންޖެހޭ މިގޮތައް ދަރިން އުފަންކުރަންވެއްޖެނަމަ ޖީލެއް ހަލާކުވާނެ، މިހާރުވެސް އެތިބީ ހަލާކުވެފަ

ދަތުރުވެރިޔާ

8 އޭޕްރީލު 2024
ރަސްދޫއަށް މި ޗުއްޓީގަ ދާން ކަމަށް އުޅުނީ، ކުދިން ކޮޅު ގޮވައިގެން. ދެން ލާހިކެއް ނޫން ދާކަށް.

ދުމަން

7 އޭޕްރީލު 2024
އެކުއްޖާ އެދަރަޖައަށް ދިއުމުގައި އާއިލާގެ އެއްވެސް ޒިންމާއެއް ނެތީތޯ؟ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވުނު ނަމަ އެހެންނުވީސް.ބެލެނިވެރިންގެ އިހުމާލު އެބައޮތް.ކުށް ގަބޫލު ކުރީތީ އުފާކުރަން.

ހިތަދ ު2

7 އޭޕްރީލު 2024
މިފަދަ ކުށްކުރާ ކުދިން އިސްލާހިއްޔާ ހުކުމް ކުރަން ޖެހެނީ 2-3 އަހަރު، އޭރަށް ރޭކާލާނެ މިނިވަންކަމުގެ އަގު

ޥާލުސޮރު

7 އޭޕްރީލު 2024
ތިނިމުނީނު ހުރިހާކަމެއް މާފަށް އެދުނީމަ އޭނާގެ ކިނަބައިން ޤިޞާސް ހިފާ އޭރުން މާފު ލިބޭނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް