ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ނުކުމެ އަޑުއުފުލަނީ

ކުށްކުރުން

ރަސްދޫ މިސްކިތުގެ ފާހާނާގައި ކުޑަކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކޮށްފި

މި މާރާމާރީގައި ހިމެނެނީ މުޅިން ވެސް ކުޑަކުދިން

އއ. ރަސްދޫގެ މިސްކިތުގެ ފާހާނާގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ބުލީ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިރޭ ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއެއްގައި ފެންނަނީ، ތަރާވީސް ނަމާދު ކުރަމުން ދިޔަ ވަގުތު، ދެ ފިރިހެން ކުއްޖަކުވެގެން، އެއަށް ވުރެ ކުޑަކުއްޖަކަށް އަނިޔާކޮށް، މައްލަވަކުރަމުން ދިޔަ ތަނެވެ. އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއަކީ ރަށުން ބޭރު ކުއްޖެކެވެ.

ތަފްސީލް - ގާތްގަނޑަކަށް ދެ މިނިޓެއްހާއިރުގެ އެ ވީޑިއޯގައި، އެތައް ފަހަރަކު އެ ކުއްޖާގެ ގައިގައި ޖަހާތަން ފެނެ އެވެ. ކަނދުރާމަތީގަ އާއި ބޮލުގައި ގޮށްމުށުންނާއި ކޮޅުފައިން ޖަހަ އެވެ. އަދި އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލަ އެވެ.

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ރަސްދޫގެ ބައެއް މީހުން ނުކުމެ އަޑުއުފުލަނީ

މި މާރާމާރީގައި މުޅިން ވެސް ބައިވެރިވީ ކުޑަކުދިންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ހުތުރު ބަހުން ކުޑަކުއްޖާއާ މުހާތަބު ކުރަމުން ދިޔައިރު، އެ ކުއްޖާ ވަކި ހިސާބަކުން ކުޑަކަކޫ މައްޗަށް ތިރިވެ، އެހެން ނުހެދުމަށް އާދޭސް ކުރި އެވެ.

ފުލުހުން ދަނީ ސީރިއަސް މައްސަަލައެއްގެ ގޮތުގައި މިކަން ބަލަމުންނެވެ.

އަނިޔާ ކުރާ ވީޑިއޯ އާއްމުވުމާ އެކު، ދަންވަރުގެ ވަގުތުގައި ގިނަ ބަޔަކު ވަނީ އެ ކުދިން އުޅޭ ގެ ކައިރިއަށް އެއްވެ އަޑުއުފުލާފަ އެވެ.

ކޮމެންޓް (2)

profile-image-placeholder

ޣެންއް

6 އޭޕްރީލު 2024
ވިޑީއޯގަ އެބުނާ ވާންޓެޑް ގޭންގާ ގުޅުމެއް ވޭބާ!! ގޭންގު ތައް ނިކުމެ ތުއްތު ދަރިން މަރަނީ!! މުއިޒު އަޒުލް ކުރޭ

ތަންޑާ

6 އޭޕްރީލު 2024
މިއީ ދެން ބޮޑުވަރު. ކުޑަކުދިން ނަފްސާނީ ވާނެ ވަރު ވިސްނާ.ވީޑިއޯ ބަލާފަ ހިތްފަޅައިގެން ނުދިޔައީ ކިރިޔާ. މިވަރަށްބުލީ ކުރުމަކީ އަނިޔާކުރުމަކީ ހަމަ ބޮޑެތި ކުށް. މިފެނިފަ މިއުޅެނީ ނިދާނުލެވިގެން. ބޮޑުވަރު. ފުލުހުންނަށް ނުވަންޏާ ރައްޔިތުންނާ ހަވާލުކުރޭ !

އިތުރު އާޓިކަލް

އިތުރު އާޓިކަލް