ޑެޕިޔުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަނު ކުރި އަޝްފާން

އިމިގްރޭޝަން

އިމިގްރޭޝަންގެ ޑެޕިޔުޓީ ކޮންޓްރޯލަރަކަށް އަޝްފާން

އަޝްފާން ވަނީ 18 އަހަރު އިމިގްރޭޝަން އޮފިސަރެއްގެ ގޮޮތުގައި އެ އިދާރާ އަށް ހިދުމަތް ކޮށްދެއްވާފައި

މޯލްޑިވްސް އިމިގްރޭޝަނުގެ ޑެޕިޔުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާނު އައްޔަނު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އިމިގްރޭޝަން އިން އިއްޔެ ވަނީ ޑެޕިޔުޓީ ކޮންޓްރޯލަރުގެ މަގާމަށް އައްޔަނު ކުރި އަޝްފާނަށް މަރުހަވބާ ކިޔައިފަ އެވެ.

ތަފްސީލް - އަޝްފާން ވަނީ 18 އަހަރު އިމިގްރޭޝަން އޮފިސަރެއްގެ ގޮޮތުގައި އެ އިދާރާ އަށް ހިދުމަތް ކޮށްދެއްވައިފަ އެވެ.

އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އެވެ. އަޝްފާން ވެސް ވަނީ މީގެ ކުރިން ގައުމީ ޓީމަށާއި ބައެއް ކްލަބުތަކަށް ފުޓްބޯޅަ ކުޅެފަ އެވެ.

މީގެ ކުރިން ޑެޕިޔުޓީ ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވީ އިބްރާހިމް އަޝްރަފް އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވީ މުހައްމަދު ޝަމްއާން އެވެ.

ކޮމެންޓް (1)

profile-image-placeholder

މުހައްމަދު

4 އޭޕްރީލު 2024
ހަމަ ގައިމުވެސް ޝަންމާނަށް ވުރެއް ތަޖުރިބާ ހުންނާނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް