17 މާރޗް 2024ގައި ބޭއްވި ކެބިނެޓް ބައްދަލުވުން ( ފޮޓޯ ރައީސް އޮފީސް )

ޖިންސީ ގޯނާ

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތުވާ މީހުން ދޫކުރަން ހިތްވަރެއް ނުދެން؛ އިސްތިއުނާފް ކުރަން އަންގައިފިން: ރައީސް

މުއިއްޒު ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ މީހުންނަށް މައާފްދީ ނުވަތަ ލުއިދީ ދޫކޮށްލާފައިވާނަމަ، އެފަދަ މައްސަލަތައް އިސްތިއުނާފް ކުރަން އަންގާފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދެ މީހަކު ޖަލުގައި ތިއްބާ މިފަހުން ކޯޓުން ދޫކޮށްލީ ރައްޔިތުން މަޖިލީހުގެ ކެމްޕޭނާ ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. 

ވީ ކިހިނެއް؟ - ރައީސް މުއިއްޒު އެ ތުހުމަތުތަކަށް ރައްދުދެއްވީ މިއަދު އެކްސްގައި އެކަމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގަ އެވެ. 

އެ ޕޯސްޓުގައި މުއިއްޒު ވިދާޅުވީ:

  • ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

  • އެފަދަ މީހުންނަށް ލުއިދީ ދޫކޮށްލުމަކީ ވެސް ބަލައިގަނެވޭނޭ ކަމެއްނޫން

  •  މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ

"މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން،" ރައީސްގެ ޕޯސްޓުގައި ވެއެވެ.

ފާހަގަކޮށްލެވޭ ކަމެއް - އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ 314 މީހަކަށް މިިދިޔަ ސަރުކާރުގައި މައާފުދީ ދޫކޮށްލާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ކޯޓުތަކުން އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވާފައިވާ މީހުންނަށް، ރައީސްއަށް ލިބިދޭ ބާރުގެ ދަށުން، މައާފްދޭ މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރު، އަދި މިހާރުގެ ޖޭއެސްސީގެ ނައިބު ރައީސް، މުހައްމަދު ނިޔާޒް ވެސް ވަނީ މިފަހުން ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް